ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފި
ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ އަދަދު މިއަހަރު ފެށުނު ފަހުން ދަނީ އިތުރު ވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ފައްސިވާ ޖުމްލަ އަދަދު ހުންނަނީ 100 އަށްވުރެ މަތީގައެވެ.
ކޮވިޑަށް ފައްސިވާ އަދަދު އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އިތުރު ކޮށްފައެވެ.
މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންްޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ވިދާޅުވީ ކޮވިޑް-19 ހާލަތު މިހާރު އޮތްގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރަން އިލްތިމާސް ކުރައްވާ ކަމަށެވެ.
"މިހާރު ނިންމާފައި މިވަނީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކާއި މަސައްކަތް ކުރާ ތަންތަނުން ވެސް ވީވަރަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް. ކޮންމެހެން ފިޒިކަލީ ނިކުމެ ކުރަން ޖެހޭ ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް ވެސް ގޭގައި ތިބެގެން ކުރުމަށް." ޑރ.ނަޒްލާ ވިދާޅުވިއެވެ.
26 ވަނަ ދުވަހުގެ މުޒާހަރާއަށް އެޗްޕީއޭ ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން. ސަރުކާރުން ވަކިކަމެއް ކޮށްލަން އަންގާލާއިރަށް އިލްތިމާސް އަންނާނީ އެގޮތަކަށް
ނަމަވެސް ހެލްތް މިނިސްޓްރީ މުވަޒަފުން އަށް މެމޯ އައިސް އޮތީ މަސައްކަތް ކުރަން ޖެހޭނި އޮފީހުގަ ކަމަަށް! ކޮބާ ރައްކާތެރިކަމާ އިންސާފް؟
މިކަން ކުރާށޭ ކިޔާފަ މައިމޫނާއަށް ސޮއި ކޮށްފަ އެއްޗެއް ނެރޭކަށް ނުކެރުނު ދޯ