ސިއްޙަތު

ވިހަގަދަ ހަރުފައަކުން ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމުގެ އުންމީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ވިހަގަދަ ހަރުފަ ތަކުގެ ތެރޭގައި ހިމެނޭ ޕައިތަން އިން ކޮވިޑް-19 އިން ސަލާމަތް ވެވޭނެހާ ރަނގަޅު ވެކްސިން އުފެއްދިދާނެ ކަމަށް ބައެއް ސައިންޓިސްޓުން ބުނެފިއެވެ.

Ads by Sosun Fihaara

ގްލޯބަލް ރިސާޗް އެންޑް ޑިސްކަވަރީ ގްރޫޕުން ހެދި ދިރާސާއެއްގައި ދައްކާގޮތުގައި ބުރްމީސް ޕައިތަން އިން ނަގާ މާއްދާއެއް ކަމަށްވާ ސްކުއަލީން ކޮވިޑް-19 ވެކްސިން އާ އެއްކުރުމުން އޭގެއިން ވައިރަހާ ދެކޮޅަށް ވަރަށް ރަނގަޅަށް ދިފާއު ކޮށްދެއެވެ.

ސްކުއަލީން އަކީ ބޮޑު މަސް އަދި މިޔަރުގެ ޗަސްމޭގައި ވެސް ހުންނަ މާއްދާއެކެވެ. ނަމަވެސް މިޔަރުން މި މާއްދާ ނެގުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަނާ ކަމެކެވެ.

މި ދިރާސާގައި އިތުރަށް ބުނާ ގޮތުގައި 10 ފޫޓުގެ ހަރުފައަކުން 3500 ޑޯޒް ވެކްސިނަށް ބޭނުންވާ ވަރަށް މި މާއްދާ ލިބޭނެއެވެ.

ބައެއް ދިރާސާވެރިން ބުނާ ގޮތުގައި ސްކުއަލީންއިން ވެކްސިނަށް ކުރާ އަސަރު ދެނެގަތުމަށް އަދި އިތުރު ސާމްޕަލްތައް ނަގައި އިތުރަށް ދިރާސާކުރަން ޖެހެއެވެ.

މީގެ ކުރިން އުފެއްދި ބައެއް ވެކްސިންތަކުގައި ވެސް ސްކުއަލިން މާއްދާ ބޭނުން ކޮށްފައި ވެއެވެ. އެގޮތުން 1997 އުފެއްދި އިންފުލޫއެންޒާ ވެކްސިންގައި ވެސް 10 މިލިގްރާމް ސްކުއަލީން މާއްދާ ހިމަނާފައިވެއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ވެކްސިންގެ 22 މިލިއަން ޑޯޒް ރައްކާތެރިކަމާއެކު ދެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by Ooredoo
  1. ޕައިތަން އެއީ ވިހައެއްޗެ ނޫން