ޚަބަރު

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ވަކި ރަށެއް ހަމަޖައްސައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލަންކާގައި ކޮވިޑްޖެހިގެން މަރުވާ މީހުން ވަޅުލުމަށް ވަކި ރަށެއް ހަމަޖައްސައިފިއެވެ.

Ads by STELCO

އެކަމަކު ވަޅުލުމުގެ ހުއްދަ ދީފައި ވަނީ ގަލްފް އޮފް މަންނާރުގައި ވަކިން އޮންނަ އިރަނަތިވޫ ކިޔާ، ވެރިރަށް ކޮލަމްބޯއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ވިދާޅުވީ އިރަނައިތިވު އައިލެންޑުގައި މީހުން ވަޅުލުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލައި އާންމު ކުރާނެ ކަމަށާއި އެހައި ހިސާބުން ފެށިގެން އެރަށުގައި މީހުން ވަޅުލުން ކުރިޔަށް ދާނެ ކަމަށެވެ.

ލަންކާގައި މިހާތަނަށް 83،705 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 476 އަށް އަރާފައެވެ. ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން މުސްލިމުން އަންދާ މައްސަލަ ފެންމަތިވެފައި ވާއިރު އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ އެ މީހުންގެ ދީނަށް އިހްތިރާމް ކުޑަވާ ގޮތަށް ކުރާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ ސައެންޓިފިކް ގޮތުން ސާބިތު ކަމެއް ނޫން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!