ރިޕޯޓް

ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް/ ޢާލިމް ޢަބްދުއްލަތީފް

މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގައި އާންމު ވެފައިވާ ނުރަނގަޅު އާދަތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ހަމަ ގައިމުވެސް ދެބައޮޑުވުމެވެ. މީހުންގެ ނުބައި ވާހަކަތައް އެމީހުން ނެތް ތަންތަނުގައި ދެއްކުމެވެ. އަދި ހަޤީޤަތާ ޚިލާފަށް ވާހަކަތައް ފަތުރާ އާއިލާތަކުގެ މެދުގައި އަދި އެކުވެރި މިތުރުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރުމެވެ. ފިތުނަ އަކީ މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަަންތަކަން ފިލުވައިލުމަށް ރޯ ކުރެވޭ ހުޅެއް ކަން ޔަގީނެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ފިތުނައިން ރައްކާތެރިވުން" މިއެވެ.

Ads by STELCO

ދުނިޔެ އަކީ އިމްތިހާނުގެ ގޮވައްޗެއް ކަމަށާއި އަޖުމަ ބެލުމުގެ މަންޒިލެއްގެ ގޮތުގައި ހުތުބާގައި ސިފަކޮށްފައި ވެއެވެ. އަދި މި އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާ ވެގެން ނުވާ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ އެންމެ ނުރައްކާތެރި ފިތުނަ އަކީ ދީނީ ފިތުނަ ކަމަށެވެ. އެގޮތުން އެއީ ﷲގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެވޭ ފިތުނައެއް ކަމަށާއި މި އިމްތިހާނުގައި ފެއިލް ވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދާ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން ފިތުނައަކާ ނުލައި މަރު ގެންނެވުމަށް އެދިވަޑައިގެން ކީރިތި މާތް ނަބިއްޔާ ދުޢާ ކުރައްވާ ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ މަގުއޮޅިދާ ކަމުގައި ހުތުބާގައި އިތުރަށް ބުނެފައި ވެއެވެ. އަދި ފިތުނަ އަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގުފަހި ކުރުވާ ޝައިތާނީ އަމަލެއް ކަމުގައި ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯ ކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތް ކަމުގައި ހުތުބާގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށްޓަކައި ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށާއި ޚަބަރުގެ ދޮގު ތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ޚުތުބާގައި އިތުރަށް ބަޔާން ކޮށްފައި ވެއެވެ.

Ads by HDC
  1. ޟާނާ

    މިކަން އެންމެ ގިނައިން ކުރަނީ އެމް ޑީ ޕީ މީހުން