ޚަބަރު

އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަކަށް ނުޖެއްސޭނެ: ޝެއިޚް ޒައިދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާގެ މަގާމުން ސަސްޕެންޑު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝެއިހް ޒައިދު ވިދާޅުވީ ލާދީނީ މީހުން ދައްކާ ބިރަށް ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ. އަދި ޑރ އިޔާޒް ސާބިތުވެ ވަޑައިގެން ކުރިއަށް ވަޑައިގެންނެވުމަށް ޝެއިހް ޒައިދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާލުމަށް އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފް އަށް "ދެން" ގެ ފަރާތުން ގުޅާލުމުން، އެޗްއާރް އިން މައުލޫމާތު އޮޅުން ފިލުވުމަށްފަހު އެމަނިކުފާނު ވިދާޅުވީ ޑރ. ޢިޔާޟް ހުންނެވީ އެޑްމިނިސްޓްރޭޓިވް ޕޭ ލީވްއެއްގައި ކަމަށެވެ.

ޑރ. ޢިޔާޒް އަކީ އެމްއެންޔޫ ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގައި އުނގަންނަވާ ދެއްވަމުން ގެންދަވާ ސީނިއާ ލެކްޗަރަރ އެކެވެ.

Ads by Ooredoo
  1. ޙަލީމް

    ތިޔަ 2 މީހުންނަކީ ވެސް ލާދީނީ ބައިގަނޑުގެ ފަހަތުގައި އުޅޭ 2 މީހުން. ދެން ކޮން ވާހަކައެއް މިހާރު ތިޔަ ދައްކަނީ؟