ޚަބަރު

ވެކްސިން ނުޖަހާ މީހުންނަށް ބޭރުގައި ނޫޅެވޭ ގޮތް ހަދަން ގޮވާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ވެކްސިން ނުޖަހާ މީހުންނަށް ބޭރު ތެރޭގައި ނޫޅެވޭ ގޮތް ހަދަން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގޮވާލައިފިއެވެ.

Ads by Sosun Fihaara

އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ބޭރުގައި ނޫޅެވޭ ގޮތް ހަދައި، ވެކްސިންއާ ގުޅުވައިގެން މީހުންގެ ދިރިއުޅުމަށް ލުއިތަކެއް ދިނުމަށް ފެންނަ ކަމަށެވެ.

އިކްރާމްގެ މި ޓްވީޓަށް ގިނަ ބައެއްގެ ފާޑު ކިޔުން ރައްދު ވެފައިވާއިރު، ދިވެހީންނަކީ އަޅުންގެ ގޮތުގައި ނުވިސްނުމަށް ވެސް ބައެއް ފަރާތްތަކުން އިކްރާމްގެ ޓްވީޓަށް ކޮމެންޓްކޮށް ލިޔެފައިވެއެވެ.

ރާއްޖޭގައި ވެކްސިން ޖަހައި ފަރާތްތަކަށް އެއްވެސް ލުޔެއް ދޭން އަދި ނިންމާފައި ނުވާއިރު ވެކްސިން ނުޖަހާ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އެޅުމަށް ވެސް ނިންމާފައެއް ނުވެއެވެ.

 

ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައ ރާއްޖެއިން މިހާރު 137،124 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 84،891 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 52،233 މީހަކަށް ވެކްސިން ދީފައި ވެއެވެ.

 

Ads by HDC
  1. ޕުއް.

    ކަމެއް ލިބުނީމަ މާބޮޑަށް ކިބުރުވެރިވެގެން ތިއުޅެނީ. ދިވެހިންނާ ދޭތެރޭގަ ހިތަށް އެރިހާ ގޮތަކަށް ކަންތައްކުރަން ތިޔަ ގޮވަނީ. އިކްރާމް އަނގަޔަށް ފޮޑިޖަހަން އަހަރެންވެސް ގޮވާލަން.

  2. ކަލޭތީކާކު އެހެން މީހުންގެ ކަންކަން ޑިސައިޑް ކުރަން

  3. ނިންނި

    މީނާއަށް ހީވަނީ ދިވެހިންނަކީ އަޅުންހެން . ދޭ ބަލަ އަޅުވެތި ވެފައިވާގައުމަކަށް ތިބާގެ ފެމެލީ ވެސް ގޮވައިގެން އެއިރުން ވިސްނޭނެ ހާލަތު . ނުކިޔަވާ ތިބޭ މީހުން މަޖިލިހަށް އިންތިޚާބު ކުރުވީމާ ވާގޮތްތައް މީ

  4. ނަޒީފް

    ކަލޭ ރިހާކުރު އުނގުޅަިގެން ގޭގަ އޮވެވޭތޯ ބަލާތި. އޮޅުމަކުން ގޮނޑި ލިބުނިމަ. ތޮހުރީ ސިދުރަތުލްމުމްތަހާއަަސް ހިތް އަރާފަ