ބޮލީވުޑް

ޖޮނީ ލިވަރ "ގައިގައި އަތްނުލާށޭ" ބުނި ގޮތް އެތައް ބަޔަކަށް ވަރަށް ކަމުގޮސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ޖޮނީ ލިވަރ އަކީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާ، ހުނަރުވެރި ފަންނާނެކެވެ. ޖޮނީ ލިވަރގެ މޮޅު އެކްޓިންއާއި ހެއްވާ މަޖާ ޑައިލޮގްތަކުން އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

Ads by STELCO

ޖޮނީ ލިވަރގެ އިތުރުން އޭނަގެ ދެ ދަރިން ކަމުގައި ޖޭމީ ލިވަރ އާއި ޖެސީ ލިވަރ އަކީ ވެސް އެމީހުންގެ ބައްޕަ ފަދައިން ކޮމެޑީގެ ދާއިރާއިން ނުހަނު ކުރިއަރަމުން އަންނަ ދެ ފަންނާނުންނެވެ. އެގޮތުން އެ ދެ މީހުން އެކުއެކީގައި ޝޯތައް ވެސް ދީފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން، ޝޯތައް ދިނުމާ ދުވަސްކޮޅަކަށް ދުރުގައި ހުރުމަށް ފަހު ޖޮނީ، ޖޭމީ އަދި ޖެސީ ގެ މަޖާ އައިޓަމެއް މިވަނީ އިންސްޓަގްރާމުން ފެނިފައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން، ގައިދުރުކަން ބެހެއްޓުމަށް ހަނދުމަ ކޮށްދިނުމަށް މީސް މީޑިއާގައި ފަށާފައިވާ "ޑޯންޓް ޓަޗް މީ" ޓްރެންޑް ގައި މި ތިން ބަފައިން ވެސް ވަނީ ބައިވެރި ވެފައެވެ.

އުމުރުން 63 އަހަރުގެ ޖޮނީ ލިވަރ، އޭނާގެ ދަރިންނާއެކު ފުރިހަމަ ކުރި އެ ޓްރެންޑްގައި ބުނެފައި ވަނީ، ވެކްސިން ޖަހަން ދެން "ޑޯންޓް ޓަޗް މީ" ކަމަށެވެ.

މި ވީޑިއޯއަށް އެތައް ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. އެގޮތުން އެ ވީޑިއޯއަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައި ވަނީ، އެ ތިން މީހުންގެ އަމިއްލަ ޝޯއެއް އުފައްދާ، ނެޓްފްލިކްސް އިން ދައްކަން ފެންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!