ލައިފްސްޓައިލް

ސަމާސާއަކަށް ނަމަވެސް މީހަކު ހިތުގައި ޖެހޭ ފަދަ ބަހެއް ނުބުނާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސަމާސާ ކުރުމާއި ސަކަރާތް ޖެހުމަކީ ރަހުމަތްތެރިންނާ އާއިލާ އެންމެން އެއްތަން ވެގެން ވަރަށް ގިނައިން ކުރާ ކަމެކެވެ. އެހެންނަމަވެސް ސަމާސާއާއި ސަކަރާތަށް ވެސް ވަކި ހައްދެއް އޮންނަކަން ދަނެ އެ ހައްދުން ނުވަތަ އިމުން ބޭރު ނުވާށެވެ.

Ads by MWSC

ފަހަރުގައި ތިމާ ސަމާސާއެއް ކަމަށް ހީކޮށް ބުނެލާ ބަހަކުން އަނެކާގެ ފަރާތުން މާބޮޑު އަސަރެއް ނުފެނުނު ނަމަވެސް، އަނެކާގެ ހިތުގައި އެ ބަހުގެ ސަބަބުން އުފެދިފައި ވަނީ ކިހާ ފުން މިނެއްގެ ވަޅުގަނޑެއް ކަމެއް އެނގެނީ ވެސް ފަހެ ކާކަށް ހެއްޔެވެ؟ ރައްޓެހިން ކުރިމަތީގައި ތިމާގެ އަގު ވައްޓާ ނުލުމަށްޓަކައި އަނެކާ އެއްވެސް އެއްޗެކޭ ނުބުނެ ހުރެދާނެއެވެ.

މިފަދަ ކަންކަމަކީ އަނެކާގެ ކިބައިން ވަގުތުން އަސަރު ނުފެނުނު ނަމަވެސް މަޑުމަޑުން އަނެކާގެ މިޒާޖަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަންކަމެވެ. ކުޑަކޮށް ވެސް އަނެކާ ހިތުގައި ޖެހިދާނޭ ހީވާ ކަހަލަ ބަހެއް ވެސް ނުބުނުމަށް މަސައްކަތް ކުރާށެވެ. އެހެނީ މީހާގެ ބޭރުފުށަށް ބަލައި އޭނާ ތަހައްމަލު ކުރަމުން ދަނީ ކިހާ ވަރެއްގެ ވޭނެއް ކަމެއް ބުނާކަށް ނޭނގޭނެއެވެ.

އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު ހިތުގައި ޖައްސައިގެން ތިބާއަށް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. އޭގެ ބަދަލު ތިމާއަށް މާ ހިތިކޮށް އައިސްދާނެއެވެ. އެންމެންނާ މެދު ހަމަހަމައަށް ކަންކަން ކޮށް ނަސްލީ ތަފާތެއް ވެސް އަދި އެހެން ތަފާތެއް ވެސް ނުގެންގުޅޭށެވެ. އެންމެންނާ މެދު ވެސް ހެޔޮކޮށް ކަންތައް ކުރާށެވެ. ދީނުގައި ވެސް އަންގަވައިފައި އޮންނަނީ ހަމަ އެފަދައިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!