ލައިފްސްޓައިލް

ހުނުމުގެ ސަބަބުން ބަނޑުގައި ރިއްސަނީ ކީއްވެ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހުނުމަކީ އިންސާނާގެ ޠަބިއްޔަތެވެ. ބައެއް ފަހަރު ހޭން ނުޖެހޭ ހާލަތް ތަކުގައި ވެސް އިންސާނާއަށް ހެވެއެވެ. އެއްބައި މީހުންނަށް ހުނުން ކޮންޓްރޯލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ހުނުމުގެ ސަބަބުން ބަނޑުގައި ރިއްސަނީ ކީއްވެތޯ ސުވާލު ކޮށްލާ ހިތްވޭތޯއެވެ؟

Ads by STELCO

ހުނުމުގެ ތެރޭގައި ހަށިގަނޑުގެ އެތައް ހުނަވަނެއް ބައިވެރިވާކަން އެނގޭ ހެއްޔެވެ؟ ތިމާގެ ކޯ ކަށިގަނޑާއި، ދަތްދޮޅިއާއި، ފުއްޕާމޭގެ އިތުރުން ތިމާ ހަށިގަނޑުގެ ލޭނާރުތައް ވެސް އެވަގުތުގެ ހުނުމުގައި ޝާމިލު ވާނެއެވެ.

ބާރަށް ހުނުމުގެ ސަބަބުން ތިމާގެ ފުއްޕާ މޭ ވައި ބަދަލު ކުރާ މިންވަރު އެތައް ގުނައެއް އަވަސްވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން މޭކަށިގަނޑު ފޭވެ މޭކަށިގަނޑާ ދިމާއިން ތަދު އަރަން ފަށައެވެ. އެހެން ނަމަވެސް އަސްލު ހަގީގަތުގައި ބަނޑުގައި ރިއްސަނީ “ޑައިފްރާމް” އޭގެ މަސައްކަތް އެތައް ގުނައަކަށް އަވަސް ކޮށްލުމުންނެވެ. ޑައިފްރާމަކީ ފުއްޕާމެއަށް ވުރެ ތިރީގައި އަދި ބަޑަށް ވުރެ މަތީގައި އޮންނަ ތަންކޮޅަކަށް ކިޔާ ނަމެކެވެ.

އަދި އެކަމުގެ ސަބަބުން މީހާ އެއްކޮށް ވަރުބަލި ކޮށްލާ ލޮލުން ފެން އައުމަށް މަގު ފަހި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!