ޚަބަރު

އެޗްޕީއޭގެ އުސޫލުތަކަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއްތޯ: މޮސްޓާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެޗްޕީއޭގެ އުސޫލަކީ ވަކިބަޔަކަށް ވަކި ގޮތަކަށް ކަނޑައަޅާފައިވާ އުސޫލެއްތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މޮސްޓާ ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ހިއްސާ ކޮށްފައިވަނީ ރެސްޓޯރެންޓެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނެވި މަންޒަރެވެ. އަދި އެ ފޮޓޯގައި އެމަނިކުފާނާއެކު އިތުރު ބަޔަކު ތިބި ތަން ވެސް ފޮޓޯއިން ފެނެއެވެ.

ފުލުހުންނާއި އެޗްޕީއޭ ވެސް ޓެގް ކުރައްވާ މޮސްޓާ ކުރެއްވި ޓްވީޓެއްގައި އެ ފޮޓޯއަކީ މިވަގުތު ހިނގަމުންދާ ކަމެއް ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.

އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8ގެ ފަހުން ކެފޭ، ރެސްޓޯރެންޓުތަކުގައި ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!