ކުލާހެއްގެ ދަރިވަރަކު ފައްސިވިޔަސް މުޅި ކުލާސް ކަރަންޓީނު ކުރާކަށް ނުޖެހޭނެ: ޑރ. ނަޒްލާ
ކުލާހެއްގައި ކިޔަވާ ދަރިވަރެއް ފައްސި ވީކަމުގައި ވީ ނަމަވެސް މުޅި ކުލާސް ކަރަންޓީނު ކުރަން ނުޖެހޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ، ކުލާސް ކަރަންޓީނު ކުރާނީ، އެ ކުލާހަކީ ބަންދު ކުލާހަކަށް ވެފައި، ގައިދުރުކަން ނުހުންނަ އަދި މާސްކު ނާޅާ ދަރިވަރުން އުޅޭ ކުލާހެއްގައި ދަރިވަރަކު ފައްސިވެފައި ވާނަަމަ އެފަދަ ހާލަތެއްގައި އެކަނި ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު ރާއްޖެއިން ޖުމްލަ 21،572 މީހުން ފައްސި ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ހަމައެއާއެކު، ރާއްޖެއިން މިހާރު ކޮވިޑް ބަލިން ޖުމްލަ 19،095 މީހުން ފަސޭހަ ވެފައިވާއިރު، މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެެފައިވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށްފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ދެން 40 މީހުން އުޅޭ ގެއަކުން އެކަކު ޕޮސިޓިވް ވާއިރަށް މުޅިގެ ކަރަންޓީން ކުރަނީ ކޯޗެއް ވެގެން..
ދެން މީހުން ދިރިއުޅޭ ރަށް ރަށް ކަރަންޓީނަށް ލާ މޮނިޓަރިންނަށްލަނީ ކީއްވެޔޯ