ޚަބަރު

އެންމެ ފަހު ވަގުތާ ޖެހެންދެން ނަފްސުތައް ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ: ޒައިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުރާނަ އެޅުވިފައިވާ ކޮންމެ ނަފްސެއް ވެސް އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

Ads by Sosun Fihaara

ޒައިދު މިއަދު ކުރި ޓްވީޓެއްގައި މިހެން ބުނެފައި ވަނީ ދުވަސް ނުފުރާ، ބަނޑަށް ފަސް މަހުގައި , ވިހެއި ތުއްތު ކުއްޖަކު ނިޔާވުމުގައި އައިޖީއެމްއެޗްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން މީސްމީޑިއާގައި އެކަން އާންމު ކުރުމާ ގުޅިގެންނެވެ.

“ފުރާނަ އެޅުވިފައިވާ ކޮންމެ ނަފްސެއްވެސް އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެން ހުރު ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ! އެއީ އުންމީދު ކެނޑިފައިވާ ހާލުގައި ކަމު ވިޔަސް! ވީހާ ވެސް ބޮޑަށް ހެޔޮ ގޮތުގައި އަމަލު ކުރައްވާ! ދަރުމަހުރި!” ޒައިދު ވިދާޅުވިއެވެ.

މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އެ އާއިލާއިން ބުނެފައި ވަނީ ބަނޑަށް ފަސް މަހުގައި، ބަނޑުގައި ރިއްސާތީ އެހޮސްޕިޓަލުގައި ދެ ދުވަސް ވެންދެން އެޑްމިޓު ކޮށްފައި ބޭއްވި ކަމަށެވެ.

ކުއްޖާ ވިހެއީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ނިޔާވީ 13 ވަނަ ދުވަހު އިރާކޮޅު ކަމަށް ވެސް އާއިލާއިން ބުނެއެވެ.

މިމައްސަލައާ ގުޅޭގޮތުން މިހާތަނަށް އައިޖީއެމްއެޗުން ބުނީ، އެކަން ބަލަމުން ގެންދާ ކަމަށާއި ބެލުމަށް ފަހު ރަސްމީ ގޮތުން އެހޮސްޕިޓަލުން ބަޔާނެއް ނެރޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!