ލައިފްސްޓައިލް

ދިރިއުޅުމުގެ ކަންކަމާ މެދު އެންމެ ގިނައިން ވިސްނެނީ ކޮން ވަގުތަކު؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި ހިތްދަތި ކަމާ މާޔޫސް ވާން ޖެހޭ އެތައް ކަމެއް ކުރިމަތި ވާނެއެވެ. އަދި ހިތްހަމަ ޖެހި އުފާވާ އެތައް ކަމެއް ވެސް ދިރިއުޅުމުގައި ދިމާ ވާނެއެވެ. އެއީ ދިރިއުޅުމުގައި އެކުލެވިގެންވާ މަސްދަރެކެވެ.

Ads by STELCO

އެހެން ކަމުން އެފަދަ ކަންކަމާމެދު އެންމެ ބޮޑަށް ވިސްނޭ ވަގުތަކީ، ދަންވަރު ވަގުތެވެ. ދަންވަރުގެ އެ ހަމަހިމޭން ވަގުތު ނިދަން ތަންމައްޗަށް އަރާ ނިދަން ތައްޔާރުވުމާއެކު، މާޒީގެ އެކި ކަހަލަ ކަންކަމާ މެދު ވިސްނެން ފަށާނެއެވެ. އަދި އެ ވަގުތަކީ ކަންކަމާ ދޭތެރޭ އެންމެ ބޮޑަށް ވިސްނޭ ވަގުތު ކަމުގައި ބުނާ އަޑު ވެސް އަހަމުއެވެ.

ދިރިއުޅުމުގައި ކުރިއަށް ވާން އޮތް ކަންކަމާމެދުގައި ވިސްނޭ ފަދައިން މާޒީގައި ހިނގާފައިވާ އެތައް ހާދިސާއަކާ ދޭތެރޭ ނުވަތަ ޙަޔާތުން ގެއްލިގެން ގޮސްފައިވާ ކޮންމެވެސް މީހަކާ ދޭތެރޭ ވިސްނެން ފަށާނެއެވެ. ނުވަތަ ދުވަސް ނިމިގެން ދިޔައިރު، ނަފްސު ހިސާބު ކުރުމުގެ ގޮތުން ވެސް އެކި ކަންކަމާ އެވަގުތު ވިސްނޭނެއެވެ.

ގިނަ ބަޔަކު ދަންވަރު ތިނެއް ޖަހަން ދެން ފޭސްބުކު ފަދަ އެކި މަންސަތަކުގައި މުނިފޫހި ފިލުވުމަށް އުޅޭ ކަމަށް ހީވެފައި އޮތް ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ވެސް ދެންނެވި ފަދައިން އެކި ކަންތައްތަކާ ދެމެދު ވިސްނާ ފިކުރު ކުރާ ވަގުތެކެވެ. ނޫނީ އެފަދަ ވާހަކައެއް އެހެން މީހަކަށް ހިއްސާ ކުރާ ވަގުތު ކޮޅެކެވެ. އެވަގުތު ކޮޅަކީ ނަފުސަށް ހުސް ކުރެވޭ ވަގުތު ކޮޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!