ލައިފްސްޓައިލް

ގާތް މީހުންގެ ގޮތުގައި ވެސް ހަތުރުން އުޅޭކަން ދަންނާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި އެކުގައި އުޅޭ އެންމެންނަކީ ރަނގަޅު މީހުންނެއް ނޫނެވެ. އަދި ބޭރު ފުށުން ކިތަންމެ ތިމާއަށް ހެޔޮ އެދިގެން އުޅުނު ކަމުގައި ވީ ނަމަވެސް އެ މީހާގެ ނިޔަތަކީ ކިހާވަރެއްގެ އެއްޗެއް ކަން ތިމާއަށް ނޭނގިދާނެއެވެ. ނޭނގިހުއްޓާ ފެނިގެން ދާނީ ތިމާގެ ޙަޔާތަށް ވިހަލައިގެން އުޅޭ މަންޒަރެވެ. ވިހަލީ ކާކުކަމެއް ނޭނގޭ ޙާލު ތިމާ ހުންނަން ޖެހޭނީ މަޖުބޫރީ ޙާލެއްގައެވެ.

Ads by STELCO

އެފަދަ މީހުން މިއަދު އެކުުވެރިންގެ ސިފައިގައި ވެސް އަދި ލޯބިވެރިންގެ ސިފައިގައި ވެސް އެބަ އުޅެއެވެ. ހެޔޮ އެދޭ ކަމަށް ހެދިގެން ތިބާގެ ފަރާތުން ކޮންމެ ވެސް ފައިދާއެއް ނަގަން ނުވަތަ ތިބާއަށް ކޮންމެ ވެސް ގޮތަކަށް ގެއްލުމެއް ދޭން ބޭނުންވާ މީހުން މަދެއް ނޫނެވެ. އެހެންކަމުން މީހަކާ ގާތްވި ނަމަވެސް އިމުން ބޭރު ނުވާށެވެ. އެހެނީ ތިބާ ދޫކޮށް އޭނާ ދާ ދުވަހު އަނެކާގެ ފައިބުޑަށް ތިބާ ވެއްޓި އާދޭސް ކުރަން ޖެހޭ ވަރަށް އެއްވެސް މީހަކާ ގާތް ނުވާށެވެ.

މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި ވެސް އެފަދަ އެތައް ކަމަކާ ކުރިމަތިލަމުން އަންނަ މީހުން މަދެއް ނޫނެވެ. ތިބާއަށް މާ ރަނގަޅު ވެވުމުން ފަހުން ރިހޭ ފައިމައްޗަށް ފޮއެ ވައްޓާލާ ފިލައިގެން ގޮސް އުޅޭ މީހުންނާއި، ދިރިއުޅުން ބޮޑު ތޫފާނެއްގެ ތެރެއަށް އެއްލާލުމަށް ފަހު ރެކިގެން އުޅޭ މީހުން މަދެއް ނޫނެވެ. މީގައި ތިމާގެ އެއްވެސް މައްސަލައެއް ނެތެވެ. މީހުންނަށް މާބޮޑަށް ގާތްވެވުމަކީ އެއީ ތިމާގެ މިޒާޖެވެ. އެއީ ހުތުރު ސިފައެއް ވެސް ނޫނެވެ.

އެހެން ނަމަވެސް ބައެއް މީހުންނަށް ހިތްހަމަ ޖެހުން ލިބިގެން ވަނީ އެފަދަ ގުޅުމަކަށް މައްސަލަތައް ވައްދައިގެން އެ ގުޅުން އެއްކޮށް ފުނޑު ފުނޑު ކޮށްލައިގެން ކަމުގައި ވަނީނަމަ އެފަދަ މީހުން އެކަން ހާސިލު ކުރުމަށް ކޮންމެ ފަދަ ކަމެއް ކޮށްފާނޭކަން ވެސް ދަންނާން ވާނެއެވެ. އެއްވެސް އިންސާނެއްގެ ފަސް އިނގިލި އެއްވަރު ނުވާނޭ ބުނާ ބީދައިން އެންމެންނަކީ އެއްވަރެއްގެ މީހުންނެއް ނޫނެވެ. މޫނުމަތިން ކިތަންމެ ހިނިތުން ވުމެއް ފެނުނު ނަމަވެސް ހަގީގަތުގައި އޭނާ ތަހައްމަލު ކުރަމުން އެ އަންނަނީ ކިހާ ވަރެއްގެ ކަމެއް ކަން އެކަކަށް ވެސް ނޭނގޭނެއެވެ.

ދިރިއުޅުމުގެ މި ވަގުތީ ފާލަމުގައި ހީލަތްތެރިންނާއި، ހަސަދަވެރިން ވެސް އުޅޭކަން ދަންނާށެވެ. އަދި އެފަދަ މީހުން ދެނެގަންނާން ތިމާ އަމިއްލައަށް ދަސްކުރާށެވެ. އެހެން ނޫންނަމަ ވާނެ އެއްޗެއް ވެ ނިމި އެކަމާ މުޅި އުމުރު ދުވަހަށް ހިތާމަ ކުރަން ޖެހިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!