ޚަބަރު

ފިޔަވަޅު އެޅީ ކެފޭތަކުގެ ރިސްކް ބޮޑު ކަމުން: މައިމޫނާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކެފޭ، ރެސްޓޯރެންޓުތަކަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ، އެތަންތަނަކީ އާންމުކޮށް މީހުން އެއްވެ އުޅޭ ތަނަކަށް ވެފައި، އެ ތަންތަނުގައި ބަލި ފެތުރެމުގެ ފުރުސަތު ބޮޑުވާނެތީ ކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުން ދާތީ އެޗްޕީއޭގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މައިމޫނާ މިއަދު ވިދާޅުވީ މާސްކު ނަގައި ގައިދުރުކަމެއްނެތި ތިބޭތީ ކެފޭ، ރެސްޓޯރެންޓު ތަކަކީ ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑު ތަންތަން ކަމަށެވެ. އަދި މިތަނުގެ ރިސްކު، ފިހާރަތަކަށް ވުރެ ވެސް މަތިކަން މައިމޫނާ ފާހަގަ ކުރެއްވިއެވެ.

”ނުރައްކާ އަދިވެސް އެބޮތް. މީގައި މުހިންމީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން އަމަލު ކުރުން. މި ފިޔަވަޅުތައް އަޅާފައި ވަނީ ރިސްކް ލެވެލްތަކެއް ކެޓެގަރައިޒް ކޮށްގެން. ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު،" މައިމޫނާ ވިދާޅުވިއެވެ.

ރިސްކު އޮންނަނީ ރޭގަނޑު އެކަނިތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ ހުރިހާ ވަގުތެެއްގައި ވެސް ރިސްކު އޮންނަ ކަމަށެވެ.

ނަމަވެސް ހުރިހާ ވަގުތެއްގައި ތަންތަން ބަންދު ކުރާނަމަ ޖެހޭނީ ފުލް ލޮކްޑައަކަށް ދާން ކަން ފާހަގަކޮށް މައިމޫނާ ވިދާޅުވީ އެންމެ ގިނަ މީހުން ރެސްޓޯރެންޓްތަކަށް ވަންނަނީ ރޭގަނޑު ކަމަށް ވުމާއެކު ރޭގަނޑަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ އެންމެ ރަަނގަޅު ގޮތް ކަމަށެވެ.

Ads by Ooredoo
  1. ހަސްމާ

    ހިނިއަންނަނ.. ދުވާލުއެއ ނޫންތ ގިނ މީހުނ އުޅޭނ ރެސްޓޯންޓ ހޮޓާތަކަށ ވަންނ.