ޚަބަރު

ރޯދަމަހަށް ލުއިތައް ދޭން ވިސްނަން : މައިމޫނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް، ރަމަޟާން މަހު ލުއިތަކެއް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މައިމޫނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް އޭނާ ހާޒިރު ކުރުމުން ވާހަކަފުޅު ދައްކަވަމުންނެވެ. މައިމޫނާ ވިދާޅުވީ ވެކްސިން ޖެހުމާއި ވެކްސިން ދެވޭ ނިސްބަތަށް ބެލުމަށްފަހު ލުއިތައް ދެވިގެން ދާނެކަމަށާއި ރޯދަމަހު ވިޔަފާރިތަކަށް އިތުރު ދަތިތަކެއް ކުރިމަތި ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

"ރޯދަމަހަށް ވިޔަފާރިތަކަށް އިތުރު ދަތިތަކެއް ކުރިމަތި ކުރާކަށް އެއް ގޮތަކަށް ވެސް ނުވިސްނަން. އެގޮތަށް ލުއި ދެވޭނީ ކަންކަމަށް ބަލާފައި،" މައުމޫނާ ވިދާޅުވިއެވެ.

މީގެ އިތުރުން މައިމޫނާ ވިދާޅުވީ، ކެފޭ އާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތައް ފަދަ ތަންތަނަކީ ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ބޮޑު ތަންތަން ކަމަށާއި ފިހާރަތަކަށް ވުރެ ބޮޑަށް އެފަދަ ތަންތަނުގެ ރިސްކް މާ ބޮޑު ކަމަށެވެ.

އަދި ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި، ރަނގަޅު ކަވަރޭޖެއް ގެނައުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް މައިމޫނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!