ލައިފްސްޓައިލް

ނިދަން އުނދަގޫވޭތަ؟ ޕެންޑެމިކްގެ ސަބަބުން ފެށިފައިވާ ނުބައި އާދަތަކުގެ ސަބަބުން ކަމުގައި ވެދާނެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަމަ ނިދި ލިބުމަކީ ދުވަސް ފުރިހަމަވާ ކަމެކެވެ. ބައެއް މީހުނަށް ނިދި ރަނގަޅަށް ނުލިބޭ ކަމުގައިވާނަމަ ދުވަސް މުޅިން ހަރާބުވެއެވެ. އަނެއްބައި މީހުންނަށް ނިންޖަކީ މާ މުހިންމު އެއްޗެއް ނޫނެވެ. ތިރީގައި މިވަނީ ހަމަނިދި ނުލިބުމަށް މަގުފަހިވާ ހަތަރު ސަބަބެކެވެ.

Ads by Sosun Fihaara

1-ހެނދުނު ގަޑީގައި ބޭރަށް ޖެހި ނުލުން

ހެދުނު ހޭލައިގެން އަވީގައި ކުޑަ ވަގުތު ކޮޅެއް ހޭދަ ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަވީގެ ސަބަބުން ތިމާގެ ހަށިގަނޑުގައި މެލަޓޮނިން ކިޔާ ހޯމޯނެއް ދަމަހައްޓަދެއެވެ. މި ހޯމޯން ތިމާ ނިދުމާއި ހޭލާ ސައިކަލް ހިންގުމުގައި ބޮޑު ދައުރެއް އަދާ ކުރެއެވެ. ހެދުނު އިރުގެ އަލި ހަށިގަނޑަށް ބޮޑަށް ލިބުނު ވަރަކަށް ރޭގަނޑު މެލަޓޮނިން ހޯމޯންގެ މަސައްކަތް އަވަސްވެގެން ދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަވަހަށް ނިދޭނެއެވެ. 

2-މެގްނީސިޔަމް ލެވެލް ދަށްވުން 

ނިދުމުގައި މެގްނީސިޔަމް އަދާކުރާ ދައުރަކީ ނާވަސް ސިސްޓަމް މައިތިރި ކޮށްލުމެވެ. މާނަ އަކީ މި ސިސްޓަމް އިން ކުރަމުންދާ މަސައްކަތް މަޑުމަޑުން ދަށް ކޮށްލުމެވެ. ދެން އުފެދޭ ސުވާލަކީ މެގްނީސިޔަމް ހަށިގަނޑުގައި އިތުރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ފެހި ފަތުގައާއި އެކިވައްތަރުގެ ނަޓޮސް އަދި ޑާރކް ޗޮކްލެޓް ގައި މެގްނީސިޔަމް އެކުލެވިގެންވެއެވެ.  

3-ޑައެޓްގައި މާގިނައިން ހަކުރު އެކުލެވިގެންވުން

2016 ގައި ކުރި ދިރާސާ އަކުން ހާމަވި ގޮތުގައި ގިނައިން ހަކުރު ހިމެނޭ ކާއެއްޗެހި ބޭނުން ކުރާ މީހުންނަށް ނިދަން އުނދަގޫވެއެވެ. އެހެންކަމުން ކާއެއްޗެހީގައި ހަކުރުގެ މިންވަރު މަދު ކޮށްލައިގެން ނިދި އައުން ފަސޭހަކޮށް ލެވިދާނެއެވެ. 

4-ނިދުމުގެ ކުރިން ސޯޝަލް މީޑިޔާ ބެލުން

މިއީ އަޅުގަނޑުމެން އެންމެންގެ ގައިގަ ވެސް ހިފާފައިވާ އާދައެކެވެ. އަދި މި އާދައިގެ ސަބަބުން ފޯނުގެ ޒަރިއްޔާއިން ލޮލަށް އެޅޭ އަލިވެގެން ދަނީ ނިދުމަށް އެޅޭ ހުރަހަކަށެވެ. އެހެންކަމުން ނިދުމުގެ ދެތިންގަޑިއިރު ކުރިން ފޯނު އަދި އެހެން ވަސީލަތްތައް ބޭނުން ކުރުން ހުއްޓާލުން އެދެވިގެންވެއެވެ. 

8 ގަޑިއިރުގެ ނިދިހަމަޔަށް ލިބުމަކީ ކޮންމެ މީހަކަށް ވެސް އެދުވަހެއްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ފަސޭހަ ވެގެންދާނެ ކަމެކެވެ. އަދި މިނިދި ރަނގަޅަށް ނުލިބޭ ކަމުގައިވާނަމަ ދިރިއުޅުމުގެ ސްޓައިލަށް ކޮންމެސް ވަރަކަށް ބަދަލުތައް ގެނެސްގެން ހައްލު ހޯދިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!