ޚަބަރު

ރޭޕުގެ ތުހުމަތާއެކު ދެމީހަކަށް މަރުގެ އަދަބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޭޕުގެ ޝިކާރަޔަކަށް ގިނަބަޔަކު ވެފައިވާއިރު އިންސާފު ލިބެނީ މަދުބަޔަކަށެވެ. މުޅި ދުނިޔޭގެ އާބާދީއަށް ބަލާލާއިރު 35% އަންހެނުން ވަނީ މިވޭންހުރި އަމަލު ތަޖުރިބާ ކުރެވިފައެވެ. އަދި މމީގެ ތެރެއިން 40% އަށްވުރެ މަދުބަޔަކު އެމީހުންގެ ޙައްގު ތަކަށް ވަކާލާތު ކޮށް އިންސާފު ހޯދަން މަސައްކަތް ކުރެއެވެ. އަދި ޤާނޫނީ ގޮތުން މަދަދު ހޯދަނީ 10% އަށްވުރެއްވެސް މަދު ބައެކެވެ.

Ads by Hajj Corporation

މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ލަހޯރުގައި ހައިވޭގެ އެއްފަރާތެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ދެމީހަކަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. މި ރަހުމްކުޑަ ރޭޕުގެ ސަބަބުން ޕާކިސްތާނުގައި އެކިގޮތްގޮތުން އެތައް ބަޔަކު ވަނީ މުޒާހަރާ ކޮށް އަޑު އުފުލާފައެވެ. އަބީދް މަލްހީ އާއި ޝަފްގަތް ހުސެއިން ގެ މައްޗަށް ގޭންގް ރޭޕްގެ އިތުރުން ކިޑްނެޕިންގް، ރޮބަރީ (ވައްކަން) އަދި ޓެރެރިޒަމްގެ ދައުވާ ވެސް ވަނީ ލިބިފައެވެ. 

މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ޕާކިސްތާނުގައި ވަނީ ރޭޕާއި  ގުޅޭ އާ ޤާނޫނެއް އެކުލަވާލާފައެވެ. މީގެ ސަބަބުން ރޭޕް ކޭސް ތަކުގެ ކޯޓު އަޑުއެހުން އަވަސްވެގެން ދެއެވެ.           

މަރުގެ ހުކުމްގެ އިތުރުން ހުކުމް ތަންފީޒް ވަންދެން މިދެމީހުން މުޅި އުމުރަށް ޖަލަށް ލުމުގެ ހުކުމާއި ޖޫރިމަނާކޮށް  މިލްކިއްޔާތުގައިވާ  ހުރިހާ މުދަލެއް އަތުލުން ހިމެނެއެވެ.                  

ހިތާމަ ހުރި ކަމަކީ ރޭޕުގެ ޝިކާރަޔަކަށްވާ މީހާޔާ ސުވާލު އުފެއްދުމެވެ. މި ގޮތުން އެކަކު ވަނީ އަންހެން މީހާ ރޭގަނޑު ދެދަރިން ގޮވައިގެން ކާރުގައި އެކަނި ދިޔައީ ކީއްވެގެންތޯ ސުވާލު  އުފައްދާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!