އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ނިންމައިފި

މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމައިފި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ. ބޭސްފަރުވާއަށް ފުރަން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި ރޭ އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިވަޑައިިގެންފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާއިން ކުރިން ނިންމެވީ އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން ޖެހޭ 48 ގަޑިއިރުގެ މުއްދަތު ފާއިތުވި ފަހުން އެ މައްސަލަ ހުށަހެޅުމުންނެވެ.