ދުނިޔެ

ނޭފަތަށް ޖަހާ ސްޕޭއެއްގެ ގޮތުގައި އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރެވޭތޯ ޓެސްޓު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން، ނޭފަތަށް ޖަހާ ސްޕްރޭ އެއްގެ ގޮތުގައި ބޭނުން ކުރެވޭތޯ ޓެސްޓު ކުރުމުގެ މަސައްކަތް ސައިންޓިސްޓުން ކުރަމުން އެބަދެއެވެ.

Ads by WAMCO

އެގޮތުން މި ސްޕްރޭ ޓްސްޓު ކުރުމަށް ޔުނިވާސިޓީ އޮފް އޮފްސްފޯޑުން އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ 39 ވޮލަންޓިއަރުން ރެކްރޫޓް ކުރަމުން ގެންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިއީ އިންޖެކްޝަން މެދުވެރިކޮށް ވެކްސިން ޖަހަން ޖެހިލުންވާ ފަރާތްތަކަށް ވެވޭ އެހީއެއް ކަމަށާއި މިފަދަ ސްޕްރޭއެއްގެ ސަބަބުން ވެސް ގިނަ މީހުން ވެކްސިން ޖަހަން ބޭނުން ވެދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

"ނޭފަތަށް ޖަހާ ބޭހެއްގެ ގޮތުގައި ވެކްސިން ލިބުމަށް ބައެއް މީހުން އެދޭ. އެފަދަ މީހުންނަށް މި ސްޕްރޭ ކަމުދާނެ، އަދި ވެކްސިން ނުޖަހަން ބޭނުންވާ މީހުން މަދު ކޮށްދޭނެ" ޑރ. ސޭންޑީ ޑަގްލަސް ވިދާޅުވެފައިވެއެވެ.

މި ސްޕްރޭ ޓެސްޓު ކުރުމުގައި ރިސާޗަރުން ބަލާނީ، ސްޕްރޭ ޖަހާ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަތޯއާއި މިކަމުގައި ހުރި ރައްކާތެރިކަމަށް ކަމުގައި ވެސް އެޔުނިވާސިޓީން ހާމަ ކޮށްފައިވެއެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ނޭފަތަށް ޖެހޭ ވެކްސިނެއް ޓެސްޓު ކުރަމުންދާއިރު، ޔޫރަޕްގެ ބައެއް ޤައުމުތަކުން ވަނީ އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން މަނާ ކޮށްފައެވެ. އެޤައުމުތަކުގެ ތެރޭގައި ޖަރުމަނާއި، ސްޕެއިން އަދި އިޓަލީ ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!