ބޮލީވުޑް

އާލިއާ ފޫހިވެގެން މިހާރު އެންމެ ގިނައިން ކުރާކަމަކީ ސެލްފީ ނެގުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް ކޮވިޑް-19 އަށް ފައްސިވުމުން، ކުރިއަށްވުރެ ގިނައިން މި ވަނީ ޚަބަރުތަކުގެ ސުރުޙީއަށް އަރަން ފަށައިފައެވެ.

ކޮވިޑަށް ފައްސިކަން އެނގުނު ދުވަހުން ފެށިގެން އާލިއާ ހުރީ ހޯމް ކަރަންޓީނުގައެވެ. އޭގެއިތުރުން އޭނާ ދަނީ ސިއްޙީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ޤަވާއިދުން ބަލަމުން ކަމަށް ވެސް އާލިއާ ވަނީ މީސް މީޑިއާ މެދުވެރިކޮށް އޭނަގެ ފޭނުން ގާތު ބުނެފައެވެ.

މުޅި ދުނިޔޭގެ އެކި ޤައުމުތަކުގައި އާލިއާގެ ފޭނުން ހިމެނެއެވެ. އާއިލާ މިދުވަސްކޮޅު ދަނީ އެ އެންމެންނާ ވެސް މީސް މީޑިއާ މެދުވެރިކޮށް ގުޅުން ބަދަހި ކުރަމުންނެވެ.

އެގޮތުން ފަހަކަށް އައިސް އާލިއާ ގެންދަނީ ވަރަށް ގިނަ ސެލްފީ، އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އެގޮތުން ނިދައި ހޭލައިގެން އެނދުގައި އޮވެ ނަގާފައިވާ ސެލްފީއެއް ވެސް ހިއްސާ ކުރަމުން އާލިއާ ބުނީ ކޮވިޑްގެ ސަބަބުން ކަރަންޓީނު ވުމަކީ އޭނާ ކަންނެތްވެ، ފޫހިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު އާލިއާ ކުރާ ކަމަކީ ސެލްފީ ނެގުން ކަމުގައި ވެސް ބުންޏެވެ.

އާލިއާ ބަޓް ކޮވިޑަށް ފައްސިކަން އެނގުނީ ސަންޖޭލީލާ ބަންސާލީގެ "ގަންގޫބައި ކަތިއާވަޅީ" ގެ މަސައްކަތް ނިމުމަކާ ހަމައިގައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!