ދުނިޔެ

ނަމާދުކުރާ މީހުންގެ އަދަދު ކޮންޓްރޯލް ކުރަން އެދުނު މައްސަލަ އިންޑިއާގެ ހައި ކޯޓުން ބޭރުކޮށްލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން އެހެން ދީނަކުން އަޅައިފައިވާ ނުވާ ފިޔަވަޅެއް ހަމައެކަނި މުސްލިމުންނާ ދެކޮޅަށް އަޅަން ނުޖެހޭނެ ކަމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހައި ކޯޓުން ހުކުމްކޮށްފިއެވެ.

Ads by Sosun Fihaara

ހައި ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ ދިއްލީގެ މިސްކިތެއްގައި ނަމާދުކުރާ މީހުންގެ އަދަދު ކޮންޓްރޯލް ކޮށްދިނުމަށް އެދި ދިއްލީ ފުލުހުން ހައި ކޯޓުގައި އެދުމުންނެވެ. ނަމަވެސް ފުލުހުންގެ އެދުމާ ހިލާފަށް ކޯޓުން ވަނީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ބުނެފައެވެ.

ފުލުހުން ހުށަހަޅާފައި ވަނީ މިސްކިތެއްގައި 200 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ނުކުރެވޭނެ ގޮތަށް ނިންމުމަށެވެ. ނަމަވެސް ކޯޓުން ނިންމައިފައި ވަނީ އެއްވެސް ދީނެއްގައި އަޅުކަމަކަށް ވަކި އަދަދެއް ކަނޑަނޭޅޭނެ ކަމަށެވެ.

ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިންޑިއާގެ މިސްކިތްތަކުގައި ނަމާދު ކުރާއިރު ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަަވަޅުތަކަށް ބޯލަނބައިގެން އަޅުކަން ކުރާ ކަމަށެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 161،736 އަށް އަރައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!