ދުނިޔެ

އިންޑިއާގެ ހާލަތު ވަރަށް ގޯސް، މަރުވެފައިވާ މީހުންގެ ހަށިތައް އުފުލަނީ ކުނި ލޮރީތަކުގައި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ އަހަރު ކޮވިޑް-19 ފެތުރެން ފެށިއިރު، އިންޑިއާ ފާހަގަ ވެގެން ދިޔައީ ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރި ޤައުމެއްގެ ގޮތުގައެވެ. މިގޮތުން ފުލުހުންނަށް "ލަކުނޑިބުރި" ދީ މަގުތަކަށް އެމީހުން ނެރެ، އިންޑިއާގައި ކާފިޢު އިޢުލާން ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެޤައުމުގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް މަދުވުމެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އެޤައުމުގައި ދޭން ފެށި ލުއިތަކާއެކު، މިއަދު އިންޑިއާގެ ހާލަތު މިވަނީ ބޮއްސުންލާފައެވެ.

Ads by Sosun Fihaara

އިއްޔެ އެކަނި ވެސް އިންޑިއާގައި ކޮވިޑް-19 2 ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. މިއާއެކު އެޤައުމުން 14 މިލިޔަން މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި 173,178 މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ. އިންޑިއާގައި ކޮވިޑް-19 ފެތުރުން ކުއްލިއަކަށް އިތުރުވެެގެން ގޮސްފައި ވަނީ ހިންދޫ ދީނުގެ މީހުން ފާހަގަ ކުރަމުން އަންނަ ބައެއް ފެސްޓިވަލްތައް ބޮޑެތި މާލަންތަކުގައި ގައިދުރުކަމެއް ނެތި ބޭއްވުމުގެ ސަބަބަބުންނެވެ. އިންޑިއާގެ ބައެއް ސިޓީތައް އަނެއްކާވެސް ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ވެރިރަށް ނިއުދިއްލީ 2 ދުވަހުގެ ކާފިއުއަކަށް ދާން ވަނީ ނިންމާފައެވެ.

އިންޑިޔާގެ ބައެއް ސްޓޭޓްތަކުގެ ހާލަތަށް ބަލާލާއިރު، އެޤައުމުގެ ހަސްފަތާލުތަކުގައި އެނދުތައް ފުރި މިހާރު ވަނީ ބާރުވެފައެވެ. އަދި އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންނަށް އޮކްސިޖަން ލިބުމުގެ ދަތިކަން ހުރުމާއެކު، ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. ޚާއްސަކޮށް ވަކިން އޮންނަ ކުދި ސަހަރުތަކުގައި ކޮވިޑް-19ގެ ހާލަތު ވަަރަށް ބޮޑެވެ. މިގޮތުން ބައެއް ސަރަހައްދުތަކުގައި މަރުވާ މީހުން ގެންދާނެ އެންބިއުލޭންސެއް، ކާރެއް ނެތިގެން، މަރުވެފައިވާ މީހުންގެ ހަށިތައް އުފުލަނީ ލޮރީތަކުގައެވެ

  1. މުހައްމަދު

    ތިޔަ ބުނާ އީދަކީ މުސްލިމުންގެ ފަރާތުން ހިނގި ކަމެއްނަމަ މިހާަރު ދުނިޔޭގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށްފިސް.