ލައިފްސްޓައިލް

މިއޮތީ ބޮޑު ސުވާލެއް: އަޅުވައި ކިޔުމަކީ ލޯބިވެވޭ ސަބަބެއްތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސުކޫލް ދައުރުގެ ސަފްހާތައް ހުޅުވާލަމާ ހިނގާށެވެ. ޑެސްކު ތަކުގައި އަޅުވާ ލިޔުމަކީ ވަރަށް ގިނައިން އޭރުގައި ކޮށް އުޅޭ ކަމެކެވެ. މިހާރު ސުކޫލްތަކުގައި ކުދިން އެހެން ލިޔެ އުޅޭކަމެއް ނޭނގެއެެވެ. ނަމަވެސް އަހަރެމެން ކިޔެވި ޒަމާނުގައި އެއީ އާންމު ކަމެކެވެ. ކުއްޖަކަށް އަނެކާއާ ދިމާއަށް ބަލާލެވޭ ގޮތަކުން ވެސް އަޅުވައި ކިޔަން ފަށައިފާނެއެވެ. އެވަރުން ނުވެގެން ޑެސްކުތަކުގައި ގަލަމުންނާއި މާކަރުން އެހެން ޖަހަން ވެސް ޖަހާނެއެވެ.

Ads by STELCO

"ފާތުމަ+ އަހުމަދު = ލަވް" މިއީ ސުކޫލް ޒަމާނުގައި އަޅުވާ ކިޔާ އުޅޭ އެއްގޮތެވެ. އެގޮތަށް ޑެސްކެއްގައި ނުވަތަ އެއްޗެއްގައި ލިޔެވިއްޖިއްޔާ ދެން ވަރަށް މޮޅުވީއެވެ. ކޮންމެއަކަސް އޭރު ވެސް އަޑު އިވޭ ވާހަކައެއް އޮވެއެވެ. އަޅުވާ ކިޔުމަކީ ލޯބިވެވޭ ސަބަބެއް ކަމަަށެވެ.

މިކަމާ ދޭތެރޭ ފުންކޮށް ވިސްނާލަމާ ހިނގާށެވެ. ތިބާގެ ގާތުގައި މީހަކު އަބަދާއި އަބަދު އެހެން މީހެއްގެ ވާހަކަ ދައްކާ ކަމުގައި ވަނީ ނަމަ ތިބާއަށް އެމީހަކާ ދޭތެރޭ ނުވިސްނި ހުންނާނެ ހެއްޔެވެ. އެމީހަކާ ވާހަކަ ދައްކަން ހިތް ނޭދޭނެ ހެއްޔެވެ. އެމީހަކު ފެނުމުން ލަދު ނުގަންނާނެ ހެއްޔެވެ. އެމީހަކާ ކުރިމަތިލާން ޖެހިލުން ނުވާނެ ހެއްޔެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް މިއީ އަޅުވާ ކިޔުމުގެ ސަބަބުން ކުރާ އަސަރުތަކެވެ.

ޔަގީނަކަށް ބުނާކަށް ނުކެރޭނެއެވެ، އެހެން ނަމަވެސް ދެންމެ މި ކިޔުނު ހުރިހާ ކަންކަމަކީ ވެސް ލޯބި ވެވޭއިރު ވާ ކަންކަމޭ ބުނެ އުޅެއެވެ. އަޅުވައި ކިޔުމުގެ ސަބަބުން އަނެކާއާ ދޭތެރޭ ވިސްނި އަނެކާގެ ޖަޒްބާތުތަކުގައި ތިމާ ޖެހޭ ވާހަކަ އަކީ އައު ވާހަކަތަކެއް ނޫނެވެ.

އަޅުވައި ކިޔުމަކީ ހަގީގަތުގައި އަނެކާ ނުރުހޭނަމަ ކޮށްގެން ވެސް ވާނެ ކަމެއް ނޫނެވެ. އަޅުވައި ކިޔުމުގެ ސަބަބުން ހަގީގަތުގައި އެތައް އަސަރު ތަކެއް ކުރާނެތީއެވެ.

Ads by HDC
  1. މައުސޫމާ

    މަގޭ ފިރިމީހާޔަކީވެސް ތިބަލީގެ މީހެއް.އަބަދު އަޅުވާ ކިޔާތީ މީހުނާ ހިތާވަނީ އަސްލު ޙަޤީޤަތަކީ .އެންމެ ފުރަތަމަ ފެންނަނީ ލޯބިވެގެން ކޮށްފަ ހުންނަ މެސެޖް ދެން ފެންނަނީ ވަގަށް ގޮސް ކޮފީގަ އުޅޭތަން.ދެން ފެންންނަނީ ނިދަން އެދަން އަރަން ވީމަ ފަތިހު 4 ޖަހަންދެން ފާހާނައިގަ އޮންނަތަން.ދެން ހައްދުން ނެއްޓިގެން އެކަމެއްގަ ދިޔައިމަ އެވާހަކަ ދައްކާ މީހާ ނުބައި ވަނީ .މީއަޅުވާކިޔުންތަ .ނޫނީ މީހުންނާ އެޅުންތަ. އަޅުވާ ކިޔާބަލަ އަހަރުން ތެޅޭތޯ…ތި ލޯބި ވެެވެނީނުން މިނައްވުރެ ޖާހިލީ.ގަޑު ގަނެވެންދެން އެެހެން އުޅެފަ އެކަން ވީމަ ދެން ގޮވާނީ ހަޔާތް ދެމީހުން ދެމީހުނަށް މީ އެބުނާ އެތި

    • ފާތުމަ

      މައުސޫމާ ހާދަނައްޓާފައޭ ތިހުރީ