ލުއި ޚަބަރު

ވެކްސިން ޖަހަން ދިޔައީ ވެޑިން ޑްރެސް ލައިގެން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ހީވެސް ނުކުރާ ބޮޑު ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. ޒަވާޖީ ހަޔާތް ފަށަން ބޭނުންވި ގިނަ ބަޔަކަށް އެކަން ފަސްކުރަން ޖެހުނެވެ. ކޮވިޑް-19ގެ ސަބަބުން ވެޑިން ޑްރެސް ލައިގެން ގޭގައި އިނދެ އޮންލައިންކޮށް ވެސް ކައިވެނި ކުރަން ޖެހުނެވެ. މިހުރިހާ ކަމަކަށް ނިމުން އަންނަ އުޅޭ ކަމުގެ އުންމީދު އާވެގެން ދިޔައީ ކޮވިޑް-19އަށް ވެކްސިން ޖަހަން ފެށުމާ އެކުގައެވެ.

Ads by MWSC

ކޮވިޑް-19 އާ ގުޅިގެން ކައިވެނި ލަސްކުރަން ޖެހުނު އަންހެނަކު މި ވަނީ ކައިވެންޏަށް ފެހި ހެދުމުގައި ކޮވިޑް ވެކްސިން ޖަހަން ގޮސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސެރާ ސްޓެޑްލޭ ނަމަކަށް ކިޔާ މި އަންހެންމީހާ ވެކްސިން ޖަހަން ދިޔައީ އޭނާގެ ވެޑިން ޑްރެސް ލައި ވަރަށް ނަލަ ވެގެންނެވެ. ވެކްސިން ޖެހުމަށް ފަހު އޭނާ ބުނީ އޭނާ ނަލަ ހެދިލައިގެން ބޭރަށް ނުދާތާ އަހަރެއް ވެއްޖެ ކަމަށާއި އަދި ވެކްސިން ޖެހި ވަގުތުކޮޅު ހާއްސަކުރަން ބޭނުންވި ކަމަށެވެ.

ސެރާ އާއި އޭނާގެ ލޯބިވެރިޔާ އެންގޭޖުވެފައި ވަނީ 2019 އަހަރުގެ ތެރޭގައެވެ. މި ދެމީހުން ކައިވެނި ކުރަން ރޭވީ 2020 ވަނަ އަހަރު ބޮޑު ޕާޓީއެއް ބާއްވައިގެންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވެޑިން ކެންސަލްކޮށް ނޮވެންބަރުގައި ވަނީ ގާތް މީހުންނާއެކު ބޭއްވި ކުޑަ ހަފްލާއެއްގައި ކައިވެނި ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!