ބޮލީވުޑް

ސޯނޫ ކޮވިޑަށް ފައްސިވެއްޖެ، ގޭގައި ހުރެގެން ވެސް ރައްޔިތުންނަށް އެހީވާނެ!

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ ކުޅަދާނަ އެކްޓަރު ސޯނޫ ސޫދު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ފައްސި ވެފައިވާކަން ހާމަ ކުރަމުން ޓްވިޓާގައި ސޯނޫ ބުނީ ގޭގައި ހުންނަން ލިބުނު ފުރުސަތުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގައި ސޯނޫ ދަނީ އާންމުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިދިޔަ އަހަރު އޭނާ ވަނީ ލޮކްޑައުން ދުވަސްވަރު ހާލުގައި ޖެހުނު 1000އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަޒީފާ އަދާ ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އާއިލާއާ ދުރުގައި އުޅޭ މީހުން އާއިލާގެ ގާތަށް ގެންގޮސްދީފައެވެ.އަދި ވަޒީފާ ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްގަމު ދަތުރުފަތުރު ކުރެވޭނެ ގޮތް ވެސް އޭނާ ވަނީ ހަމަޖައްސައިދީފައެެވެ.

ޔޫއެންޑީޕީގެ ފަރާތުން ދޭ ހިޔުމޭނިޓޭރިއަން އެވޯޑެއް ވެސް ސޯނޫއަށް ދާދި ފަހުން ވަނީ ލިބިފައެވެ. މީގެ އިތުރުން ޕަންޖާބް ވެކްސިން ޕްރޮގްރާމްގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމަށް ވެސް ސޯނޫ ވަނީ ހަމަޖައްސައިފައެވެ.

ސޯނޫ ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޮވިޑަށް ފައްސިކަން އެނގުނު ދުވަހުން ފެށިގެން ހުރީ ކަރަންޓީނުގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!