ބޮލީވުޑް

ނަމިޝް ތަނޭޖާ ކޮވިޑް-19 އަށް ފައްސިވެ ރާއްޖޭގައި ތާށިވެފައި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޝްހޫރު އެކްޓަރު ނަމިޝް ތަނޭޖާ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް އުޅުމުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެ ރާއްޖޭގައި ތާށިވެއްޖެއެވެ.

Ads by MWSC

އޭނާ ރާއްޖެ އައުމުގެ ކުރިން އާއިލާގެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވާކަމަށް ބޭރުގެ ޚަބަރުތަކުން ބުނެއެވެ. އަދި ނަމިޝް ރާއްޖެ އައީ އާއިލާއާ ގާތުން ދިމާވެފައި ވުމުން ކަރަންޓީނުގެ ދުވަސްތައް ހަމަކޮށްފައި ކަމަށެވެ. ކަރަންޓީން ނިންމާލުމަށްފަހު ނެގުނު ސާމްޕަލުން އޭނާ ވަނީ ކޮވިޑް-19 އަށް ނެގެޓިވެ ވެފައެވެ.

އެއަށްފަހު ދެން ދަތުރު ހެދީ ލޯބިވެރިޔާ ގޮވައިގެން ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އައުމަށެވެ. ރާއްޖެ އައިސް ޗުއްޓީ ނިންމާލައި އަނބުރާ މުމްބާއީއަށް ފުރަން ހެދި ޓެސްޓުން ނަމިޝް ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެހެން ނަމަވެސް އޭނާގެ ލޯބިވެރިޔާ، އާންޗަލްގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. ނަމިޝް މިހާރު ރާއްޖޭގައި ކަރަންޓީނުގައި ހުރި އިރު އާންޗަލްގެ ނަތީޖާ ނައްސިވުމުން އޭނާ ވަނީ އަނބުރާ މުމްބާއީއަށް ގޮސްފައެވެ.

މި ޕެންޑެމިކް އައުމުގެ މާ ކުރިން ބުކް ކޮށްފަ އޮތީ ޗުއްޓީއަށް ރާއްޖެ އަންނަން. އެޕްރިލް 10ގައި އައިސް ފުރުން އޮތީ އޭގެ 4 ދުވަސް ފަހުން. އެކޮޅުން އައީ ނެގެޓިވް ރިޒްލްޓާ އެކު. ދެންގައިޑްލައިންއާ އެއްގޮތަށް ފުރުމުގެ ކުރިން ސާމްޕަލް ނަގާފައި ރިޒްޓް ލިބުނު އިރު ޕޮޒިޓިވް. އެކަމަކު އާންޗްލް ނެގެޓިވް. ދެން އޭނަ ކޮންވިންސް ކުރީ މުމްބާއީއަށް އަނބުރާ ދާން. ވަރަށް ދެރަވި ދުރަށް ފޮނުވާލަން ޖެހުނީމާ ވެސްނަމިޝް ބުންޏެވެ.

ނަމިޝް ކަރަންޓީނުގައި މިވަގުތު ހުރި އިރު ކަމެއް ނުކޮށް ހުންނަން ޖެހުމުން ފޫހިވާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް ވާހަކައެއް ކިޔާލާ ފިލްމެއް ބަލާލާ އެކި ކަންކަމުގައި އުޅޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!