ޚަބަރު

ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

ރައީސް ޔާމީން ވެކްސިން ޖެއްސެވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ރައީސް ޔާމީން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާ ކަމުގައި ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ މިދިޔަ ބުދަ ދުވަހުއެވެ.

އެހެން ނަމަވެސް އެކަން ރައީސް ޔާމީންގެ ވަކީލުން ވަނީ ދޮގު ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ދެކޮޅު ނުހައްދަވާ ކަމަށާއި ވެކްސިން ޖެއްސެވުމަށް ކަމަށް ބުނެ ރައީސް ޔާމީން ބުދަ ދުވަހުގެ ރޭ މާފުށީ ޖަލުން މާލެ ގެނެސް މާލެ ކައިރީ ދެގަޑިއެއްހާއިރު ލޯންޗް މަޑުކުރުވާފައި އަނބުރާ އެ ރޭ މާފުށީ ޖަލަށް އެމަނިކުފާނު ގެންދެވީ ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ބުނުމަށް ފަހުގައި ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!