އެއްވެސް ރަށެއްގެ އާބާދީގެ 60% އަށް ވެކްސިން ދީފައެއް ނުވޭ: އެޗްއީއޯސީ
އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިން ދީ ނިމިފައި ނުވާ ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން، އާބާދީގެ %60 މީހުންނަށް ކޮވިޑް -19ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ހުރިހާ ފަރާތްތަކަށް ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، އަދި އެއްވެސް ރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިން ދީ ނިމިފައި ނުވާ ކަމަށެވެ. އަދި ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައަށް ވުރެ މަތީ ރަށްރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އިޢުލާން ކުރެވިގެންދާނެ ކަމަށް ވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.
އާބާދީގެ 60% މީހުންނަށް ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލައި ދަތުރު ކުރެވޭނެއެވެ. ނަމަވެސް ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) 5% އަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާ ނަމަ ނެގެޓިވް ޕީސީއާރ ޓެސްޓް އޮތުން ލާޒިމްކޮށްފައި ވެއެވެ.
ޔާ ﷲ މިއެޗްއީއޯސީ ގެކިބައިން ސަލާމަތް ކުރައްވާންދޭ