ކޮވިޑް19: ދިއްފުށިން މީހަކު ނިޔާވެއްޖެ

ކ. ދިއްފުށިން ކޮވިޑް-19އަށް ފައްސިވީ މީހަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފަހުން އެ ތަނުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.
މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 71 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون