ދުނިޔެ

90 އަހަރުގެ މީހެއްގެ އަތުން އޮޅުވާލަން 3.2 މިލިޔަން ޑޮލަރު ފޭރިގެންފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ އެ ސިޓީގައި ހިނގި އެންމެ ބޮޑު ސްކޭމް

އޮޅުވާލައިގެން ފައިސާ ހޯދުމަކީ މިހާރު ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ ކަންކަން ކުރަނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވާތީ، ގިނަ ފަހަރަށް އޮޅުވާލުންތައް އޮޅުވާލަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. މިފަހަރު ވެސް މިފަދަ ކޭސްއެއް ޗައިނާއިން މި ވަނީ ފެންމަތިވެފައެވެ. ޗައިނާގެ އުމުރުން ދުވަސްވީ މީހެއްގެ އަތުން އޮޅުވާލައިގެން 3.2 މިލިޔަން ޑޮލަރު މިވަނީ ފޭރިގެންފައެވެ.

Ads by WAMCO

ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަައިގައި 19 އަހަރު ފިރިހެނަކުވަނީ ހައްޔަރު ކޮށްފައެއެވެ. އަދި މި މީހާގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ފެނުނު ލެޕްޓޮޕްއަކުން، މިއީ ވަރަށް ގިނައިން ކުރާ ކަމެއްކަން ފާހަގަ ވެފައިވާ ކަމަށްވެސް ފުލުހުން ބުނި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުންގެ ތަޙްޤީޤުން ހާމަވެފައިވާ ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދައިފައި ވަނީ އުމުރުން 90 އަހަރުގެ އެކަނި ދިރިއުޅެމުން އަންނަ އަންހެންގެ އަތުންނެވެ. އަދި ފައިސާ ހޯދައިފައި ވަނީ 11 ފަހަރެއްގެ މަތިން ކަމަށާއި ފައިސާ ހޯދައިފައި ވަނީ ކުރަމުންދާ ތަޙްޤީޤެއްގެ ބޭނުމެއްގައި ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ބުނެއެވެ.

ޗައިނާގައި މިފަދަ ކުށްތަކަށް ބޮޑެތި އަދަބު ދޭކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކުށުގައި މީގެ ކުރިން ބައެއް މީހުން އުމުރު ދުވަހަށް ވަނީ ޖަލަށް ލާފައެވެ.

Ads by Ooredoo
  1. ހިލަބެ

    މިފަދަ ފަރާތްތައް ރާއްޖެއިން ނުހިފެނީކީއްވެތޯ މީވަރަށްކޮށްލަންބޭނުންވާ ސުވާލެއް….