ދުނިޔެ

ފުރަބަންދު ނިމުމަކަށް ގެނެވޭފަދަ ބޭހެއް ފައިޒާއިން މި އަހަރުތެރޭ ނެރެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އިން ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭ ބޭހެއް މި އަހަރު ނިމެންވާއިރަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by WAMCO

އެ ކުންފުނިން ބުނީ ކޮވިޑަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭ މި ބޭސް އެމެރިކާ އަދި ބެލްޖިއަމްގައި ޓެސްޓު ކުރި މީހުންގެ ކިބައިން ކާމިޔާބު ނަތީޖާއެއް ފެނިއްޖެ ނަމަ، އަހަރު ނިމެންވާއިރަށް މި ބޭސް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

ބޭރުގެ މާހިރެއް ބުނި ގޮތުގައި ކޮވިޑަށް ރައްކާތެރިކަން ފޯރުކޮށްދޭ އެއްވެސް ބޭހެއް މިހައިތަނަށް އުފައްދާފައެއް ނުވާ ކަމަށާއި މިކަން ކުރެވިއްޖެ ނަމަ ފުރަބަންދު އެއްކޮށް ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ފަސޭހަކަމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ. 

އެ ކުންފުނިން ބުނީ ކޮވިޑް ވެކްސިން މިހާރު ހުރިހާ ގައުމެއްގައި ޖަހަމުން ދިޔަ ނަމަވެސް އެއީ 100% ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ އެއްޗެއް ނޫން ކަމަށެވެ. އަދި ބައެއް މީހުންނަށް މި ވެކްސިންތަކުގެ މާބޮޑު އަސަރެއް ނުކުރާ ކަމަށާއި ވެކްސިނަށް ވުރެ ބޭހުން މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިހާތަނަށް މި ބޭސް ޓެސްޓް ކުރެވުނު މީހުންގެ ފަރާތުން އެއްވެސް ސައިޑް އެފެކްޓެއް ފެނިފައެއް ނުވެެއެވެ. އެމެރިކާ ސަރުކާރުން ދަނީ މި ބޭހުގެ ކަންތައްތައް ގާތުން ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!