ލައިފްސްޓައިލް

ނިދައި ހޭލާއިރު ގަައިގައި ރިއްސަނީތަ؟ މިއޮތީ ހައްލު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާ ގަދައަށް ނިދައިލުމަށް ފަހު ހޭލުމުން ގައިގެ އެތަންމިތާ ރިއްސާތީ އެ ވޭނުގައި ގިނަ އިރުތަކެއް ހޭދަ ކުރަމުންދާ މީހުން މަދެއް ނޫނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެފަދަ މީހުން ތަފާތު ވައްތަރު ވައްތަރުގެ ޑޮކްޓަރީ ބޭހުގެ އިތުރުން ތެޔޮ އަދި ކްރީމް ފަދަ ތަކެތި ކޮންމެ ރެއަކާ ދުވާލު ގައިގައި އުނގުޅާ އިރު ވެސް އެކަމަށް ވަނީ ހައްލެއް ނުލިބިފައެވެ. އަދި ޑޮކްޓަރީ ބޭސްފަރުވާއިން މިކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށް ގިނަ ބަޔަކަށް ވަނީ ޤަބޫލު ކުރެވިފައެވެ.

Ads by STELCO

ޑޮކްޓަރީ ފަރުވާއާ މެދު ހިތްހަމަ ނުޖެހޭ މީހުން ގައިގައި ރިއްސާތީ ބޭނުން ކުރަނީ ފަތްޕިލާވެލިން ތައްޔާރު ކުރާ ބޭސް ބޭނުން ކޮށްގެން ކުރާ ފަރުވާއެވެ. ދިވެހި ބޭސް ބޭނުންކުރި ނަމަވެސް ބައެއް މީހުންނަށް އޭގެން އެއްވެސް ރަނގަޅު ރާހަތެއް ނުކުރަނީ ބޭނުން ކުރެވޭ ބޭހަކީ އެންމެ އެކަށީގެންވާ ބޭހަށް ނުވާތީ ކަމުގައި ވެސް ވެދާނެއެވެ.

މިގޮތަށް ގައިގައި ރިއްސާނަމަ ބައެއް ފަހަރަށް އެއްވެސް ކަމެއް ނުކޮށް ހުރި ނަމަވެސް  24 ގަޑިއިރާއި، 48 ގަޑިއިރާ ދެމެދުގެ ވަގުތުގައި މިފަދަ ރިއްސުންތައް ފިލައިގެން ދެއެވެ. ނުވަތަ ތާފަނާ ފެނުން ބޮޑިތާންކޮށްލި ކަމުގައި ވީ ނަމަވެސް ވަރަށް ފަސޭހައިން ފިލައިގެންދެއެވެ.

ތިރީގައި އެވަނީ ގައިގައި ރިއްސާނަމަ ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވިދާނެ ބޭހެކެވެ. މިއީ ވަރަށް ބޮޑަށް އިތުބާރުކުރެވޭ ދިވެހި ބޭސްވެރިންގެ ފަރާތުން އިތުބާރު ލިބިފައިވާ މޮޅު ބޭހެކެވެ. އަދި ވަރަށް ގިނަބަޔަކު އަޖުމަ ބަލާފައިވާ ބޭހެއް ވެސް މެއެވެ. މިބޭސް ބޭނުން ކޮށްފިނަމަ މާތްﷲ ގެ ރަޙުމަތްފުޅުން ތިބާއަށް ވެސް އަވަސް ޝިފާއެއް ލިބިގެެންދާނެއެވެ.

ބޭނުންވާ ތަކެތި:

1 ފޮތި އިނގުރު

1 ސައިސަމުސާ މާމުއި.

1 ސައިސަމުސާ މުގުރި ފޮނިތޮށި

1 ތަށި ސާފު ބޯފެން

ތައްޔާރުކުރާނެ ގޮތް:

ފެންފޮދު ކެކިގަންނަންދެން ހޫނުކުރާށެވެ. ދެން އެއަށްފަހު ބޭލުމަށްފަހު އިނގުރު ކޮޅާއި، ފޮނިތޮށި ކޮޅު އަޅާށެވެ. އިރުކޮޅެއް ވަންދެން ގިރާލާށެވެ. ރަނގަޅަށް އެކުވުމުން ހިހޫ ވަންދެން ބަހައްޓާލާށެވެ. އޭގެ އިރުކޮޅެއް ފަހުން މާމުއިފޮދު އޭގެ ތެރެއަށް އަޅާލާށެވެ. އަނެއްކާވެސް ރަނގަޅަށް ގިރާލާށެވެ. އޭރުން އެހެރީ ތައްޔާރުކުރެވިފައެވެ.

ބޭނުންކުރާނެ ގޮތް:

ކޮންމެ ދުވަހަކު ދެ އިރު މި ބޭސް ބޭނުންކުރަން ވާނެއެވެ. ހެނދުނު ހުސްބަނޑާ ހުރެ، އަދި ރޭގަނޑު ނިދަން އޮށޯންނަމުން ބޯން ވާނެއެވެ. މި ބޭސް ބޭނުންކުރަން ފަށާތާ ފުރަތަމަ ހަފްތާ ތެރޭގައި ހޮޔޮ ބަދަލެއް އަންނަކަން ފާހަގަ ކުރެވޭނެއެވެ. އެއްކޮށް ހުއްޓާލާނީ ގައިގެ ރިއްސުން އެއްކޮށް ރަނގަޅުވީ ކަން ތިބާއަށް ޔަގީން ވުމުންނެވެ.

Ads by Allied Insurance
  1. ސަހަރޯއެވެ

    ބޯންވީ ކިހާ މިންވަރެއްކަން ބުނެދިންނަމަ.

    • ޏަމި

      ބެޭނުން ވާ ތަކެތި ލިސްޓް ގަ ހުރިވަށް ބޭނުން ކޮއްލީމަ ރަނގަޅުވާނެ. މާނާ އަކީ 1 ޖޯޑު ފެން ނޫނީ އެއްތަށި ފެން.ސުކުރިއްޔާ