ދުނިޔެ

ފަރުވާދޭނެ އެނދެއް ނުލިބި 1 އަހަރުގެ ކުއްޖަކު ކޮވިޑް ޖެހިގެން މަރުވި އިރު، މަންމަ އިނީ ގޮތް ހުސްވެފައި!

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާ: ވިސާޚްޕަޓްނަމްގައި ކޮވިޑް ޖެހި ނޭވާލާން އުނދަގޫވި 1 އަހަރުގެ ކުއްޖަކަށް ފަރުވާދިނުމަށް އެނދެއް ނުލިބި ކުއްޖާ މަރުވެއްޖެއެވެ.

Ads by WAMCO

ކިންގް ޖޯޖް ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ ނޭވާލާން އުނދަގޫވެ ހާލު ދެރަވެގެންނެވެ. މަންޒަރު ދުށް މީހަކު ބޭރުގެ ނޫހަކަށް ރިޕޯޓްކުރިގޮތުން އެ ކުއްޖާގެ މަންމަ ހޮސްޕިޓަލު ބޭރުގައި ހުރެގެން ކުއްޖާއަށް ފަރުވާދިނުމަށް އާދޭސް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ފަރުވާދޭނެ އެނދެއް ނެތް ކަމަށް ނަރުހުންނާއި ޑޮކްޓަރުން ބުނަމުން ދިޔަކަމަށެވެ.

އެ ކުއްޖާ އޭރު އޮތީ އެމްބިއުލާންސްގައި ބާއްވައިފައެވެ. އެ ހޮސްޕިޓަލަކީ އެ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ބޮޑު ސަރުކާރުން ހިނގާ ހޮސްޕިޓަލެކެވެ. އެފަދަ ހާދިސާއެއް ހޮސްޕިޓަލުގެ އިހުމާލުން ހިނގައިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

މީގެ ކުރިން ވެސް އެފަދަ ކަމެއް އެ ހޮސްޕިޓަލުގައި ހިނގިއެވެ. އެފަހަރު އެމްބިއުލަންސް އެއް ނެތުމުގެ ސަބަބުން މަރުވި މަންމަގެ ހަށިގަނޑު ވަޅުލާ ތަނަށް އުފުލަން ޖެހުނީ އަމިއްލަޔަށް ދަމާގޮނޑިއަކަށް ލައިގެންނެވެ.

މި ދެ ހާދިސާ ވެސް ގާތުން ބަލަމުންދާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެ ސަރަހައްދުގައި ގިނަ މީހުން ދަނީ މިކަމާއި ގުޅިގެން އިހުތިޖާޖު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!