ޚަބަރު

ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބިލަކީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބޭއްވުނު ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ.

އެގޮތުން މީހުން ޓްރެފިކު ކުރުން ކަމުގައި ބެލެވޭ ކަންކަން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/12 ) ގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައި ވެއެވެ.

މީގެ އިތުރުން މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަން ވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދީފައި ވާއިރު، ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް ޢަމަލުތަކަކީ ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ކަމުގައި ވެސް އެ ބިލުގައި ވެއެވެ.

މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރު ކުރުމަކީ ވެސް ކުށެއް ކަމުގައި އެ އިސްލާހުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލު ކުރުމަކީ ވެސް ކުށެއްކަމުގައި އެ އިސްލާހުގައި ފާހަގަ ކޮށްފައިވާ އިރު، އެ ޤާނޫނުގައި ބަޔާންކުރާ ފަދައިން ކުށެއް ކުރުމަށް ބޭނުން ކުރި އަދި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!