ޚަބަރު

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިންޑިއާގެ ފިރިހެނަކު މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ރާއްޖެއިން މަރުވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އިންޑިއާ ފިރިހެނެކެވެ.

Ads by Hajj Corporation

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ، އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނަކު މިރޭ 8:44 ހާއިރު މަރުވެފައިވާ ކަމަށާއި އެ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި 73 ވަނަ މީހާއެވެ.

ކޮވިޑް ބަލީގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދިވެހި އަންހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ކޮވިޑަށް ފައްސިވާ އަދަދުތައް އަވައްޓެރި އިންޑިއާގައި އިތުރުވަމުން އަންނައިރު، ރާއްޖޭގައި ވެސް މި އަދަދުތައް އަންނަނީ ދުވަހުން ދުވަހަކަށް އިތުރު ވަމުންނެވެ.

އެގޮތުން މިއަދު ވެސް 464 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ. މި އަދަދާއެކު ޖުމްލަކޮށް ފައްސިވީ މީހުންގެ އަދަދު މިވަނީ 29،052 އަށް އަރާފައެވެ.

Ads by Ooredoo
  1. ނާނި

    ބޭރު ގައުމުތަކުގެ ކޮވިޑް ޖެހިފަ ތިބޭމީހުން މިގައުމަށް އެތެރެ ވެވޭތީނުން މިތާހުއްޓާ އެހެން އެވީ .