ހުޅުމީދުއަށް އަރައި ފޭބުން މަނާ ކޮށްފި

އައްޑޫ ސިޓީ ހުޅުދޫ ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ދިވެއްސަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ހުޅުމީދުއަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީއާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު"ގައި ބުނެފައިވަނީ ނިއުލައިން ބޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ފައްސިވެފައިވާ ކަމަށާއި އޭނާ ފައްސިވެފައިވާ ކަން އެނގިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ނެގި ޓެސްޓުން ކަމަށެވެ.
އެ ބޯޓު އެރަށުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށާއި ނަމަވެސް އޭނާ ފައްސިކަން އެނގުނީ މިއަދު ކަމަށް ޝުކުރީ ބުނެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލައި އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެރަށަށް އެރުމަކީ ވެސް ފޭބުމަކީ ވެސް މަނާ ކަމެކެވެ.
ސުބްހާނަ ﷲ އލްހަމްދު ލިލާޚް ﷲއަކްބަރް
1 ންމެކޭސް އެށް ފެނުމުންމޮނިޓަރިން އަށް ލާން ޖެހޭތޯ؟؟
މޮޔަ ސަރުކަރެއް