ޔާމީން ގެއަށް ބަދަލު ކުރެވިގެން ދިޔުމަކީ އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް: ޒައިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރެވިގެންދިޔުން އެއީ އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށް ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ. ޝެއިޚް ޒައިދު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުން އެކަމަށް \މަރުޙަބާ ވިދާޅުވެފައެވެ.
“ރައީސް ޔާމީން ގެއަށް ބަދަލުކުރެވިގެން ދިޔުމަކީ އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް! މިކަމަށް މަރުޙަބާ ކިޔަން! “ ޝެއިޚް ޒައިދު ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަަދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކޮން ޝަރުތުތަކަކާއެކު ކިތައް ދުވަހަށް ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން ކަރެޝަންސްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ކޮވިޑް-19 ފެތުރެމުން ދާތީ ކަމަށެވެ.