ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާ ކުރަނީ
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ރިކޯޑް އަދަދަކަށް އިތުރުވެފައިވާތީ ރޭގަނޑު 12 އިން ފަތިހު 4އަށް ވެހިކަލް ދުއްވުން މަނާ ކުރަން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ ކޮވިޑާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ޓެގް ޓީމުން ބޭއްވި ބައްދަލުވުމެއްގައެވެ.
ކޮވިޑް-19އާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުުމުގައި ނިންމަވާފައިވާ ކަންކަން ބަޔާންކޮށް ރައީސް އޮފީހުން ނެރުނު ލިޔުމެއްގައި ވިދާޅުވެފައި ވަނީ މެއި ފަހަކުން މެއި 15 ވަނަ ދުވަހާ ހަމައަށް މި ގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމުގައި ވެސް އެ ލިޔުމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އެހެން ފިޔަވަޅުތައް ވެސް އެޅުމަށް ނިންމާފައިވެއެވެ. އެގޮތުން ޕާކުތަކާއި މައިދާންތައް ބަންދުކޮށް މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ.
ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި އިންތިހާއަށް ވަނީ އިތުުރުވެފައެވެ. އެގޮތުން އިއްޔެ ވެސް 500އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.
ކާފިއު އިއުލާން ނުކުރާތިި
ހާދަ ވަރުގަދަ ސަރުކާރެކެެ.
ތީއެންމެ ގިނައިން މީހުން ނުކުމެ އުޅޭ ގަޑިތޯ ސުވާލު އުފެދޭ