ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ
ކޮވިޑް-19 ގެ ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަ ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި މިވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ޑީއެޗް 11 ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނީ ކިތައް މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.
"މިއަދު އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް މިހިރަ މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް. ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައި ވޭ. އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް" ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިއަދު 601 މީހަކު ރާއްޖެއިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަދާ އެކު ރާއްޖެއިން މިހާރު މި ބައްޔަށް ފައްސިވީ ޖުމްލަ އަދަދު މިވަނީ 31،931 އަށް އަރާފައެވެ.
ފުރޭނެ މިދިޔަ އަންތިހާބުގަ ކުންފުނިތަކުގެ އެމްޑީންނާއި މިސްމީހުން ތަނެއްދޮރެއްނުބަލާ ރަށްރަށުގަ އުޅުނުގޮތުންވެސް އެގޭ މިކަން ސަހަލިގޮތަކައް ނުދާނެކަން ވާނެ ހައެއްޗެއްވީމަ ދެންވަޙަކަދެއްކުމުގެ ބޭނުމެއްނެތް ފިޔަވަޅު އަޅަނެވީ ވަގުތުގަ ފިޔަވަޅުނޭޅުމުގެ ހިތާމަ ކުރަންޖެހިފަމިއޮތީ