ޚަބަރު

ފަރުކޮޅުފުށި ފުރި ވެލިދޫ އޮޕަރޭޝަނަށް ގެންނަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފަރުކޮޅު ފުށީގައި ޤާއިމްކޮށްފައިވާ ސެންޓަރު. ފޮޓޯ/ޕީއެސްއެމް

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި ވެލިދޫ އައިސޮލޭޝަން ފެސިލިޓީ މާދަމާ އޮޕަރޭޝަނަށް ގެންނަން ނިންމައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށްފައި ވަނީ މިހާރު ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ ،އެޗްއޯއީސީން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާރު ބޭނުން ކުރަމުން އަންނަ ކޮވިޑް-19 އައިސޮލޯޝަންތައް ފުރެމުން އަންނަ ކަމަށާއި އިތުރު ތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ މިހާރު ވަނީ ފުރިފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެއީ 111 އެނދެވެ. މިއާއެކު މިހާރު އޮޕަރޭޝަން ހުއްޓައިލާފައިވާ ވެލިދޫގައި މާދަމާ އަލުން އައިސޮލޭޝަން ފެސިލިޓީގެ އޮޕަރޭޝަން ފައްޓަވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 248 އެނދު ހުރިއިރު 171 އެނދު ވަނީ ފުލްވެފައި ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލްގައި ވަކިން ހުރި އިމާރާތެއްގެ 50 އެނދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އައިސީޔޫތައް ފުރެމުން އަންނަ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރި މާބަނޑު މީހުންނަށް ހާއްސަކުރި ޑީއެޗް 16 ވެސް ވަނީ ފުރުމާ ގާތުގައި ކަމަށް މަބްރޫކް ވިދާޅިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހާލަތު ވަނީ ވަރަށް ނުރައްކާވެފައެވެ. މިގޮތުން މިއަދު އެކަނި ވެސް ކޮވިޑް-19އަށް ފައްސި މީހުންގެ އަދަދު އުޅެނީ 750 އަށް ވުރެ މަތީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!