ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދިން ހަމަލާގެ ޒިންމާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އައިއެސްއައިސް އިން ނަގައިފިއެވެ.

Ads by MWSC

ޑާކްވެބް ތްރެޑެއްގައި މިހަމަލާގެ ޒިންމާ އައިއެސް ނެގި ނަމަވެސް އެކަން ކުރި ކަމުގެ އެއްވެސް ހެއްކެއް އައިއެސްއިން ދައްކައިފައެއް ނުވެއެވެ. އަދި މި ހަމަލާގެ ޒިންމާ އައިއެސްއިން އުފުލާފައިވާ ކަމަށް އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ އާދިލް ބުރާރު ވަނީ އޭނާ ކުރި ޓްވީޓެއްގައިވެސް ވަނީ ބުނެފައެވެ. ނަމަވެސް މި ޓްވީޓްގައި ވެސް އެކަމަށް ބާރުދޭ ވާހަކަތަކެއް ލިޔެފައެއް ނުވެއެވެ.

މިރޭ ދިން މި ނިރުބަވެރި ހަމަލާ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި މިނިވަން މުވައްސަސާތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އޭގެ އިތުރުން އަވަށްޓެރި ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމާޢަތްތަކުން ވެސް ދަނީ މި ހަމަލާ ކުށްވެރި ކުރަމުންނެވެ.

  1. ހަލީމު

    ޑާކު ވެބު އެއި ކޮންތަނެއްކަން އެގޭތަ.. އެއި ހަބަރު ފަތުރާތަނެއްނޫން އެއި ބޮޑެތި ވައްކަންތައް ކުރުމަށް އުފައްދާފައިވާ ސިއްރު ވެރި ނެޓްވޯކެއް.

  2. ޙަޔާލް

    ތިނޫހުގައި އުޅެނީ ތަނެއް ދޮރެއް ނުދަންނަ ބައެއް. ބަލަ ޑާކްވެބަކީ ކޮބާތޯ ބަލާބަލަ އެންމެ ފުރަތަމަ. ޅިޔެފަ އިންއިރު އައިސް އެންކުރިކަމެކޭ ސާބިތުނުވަނީސް ލިޔެފަ އެ އޮތީ. މީ ތޯ ނޫސްވެރިކަމުގެ ފެންވަރު. ޥަގުތުގަ އިން ހަބަރެއް ކޮޕީ ކުރަން ހަދައިގެން ލިޔެފަެއިން ގޮތްތީ

  3. ގަމު މީހާ

    ބުންޏޭ ބުންޏޭ ވާހަކަ ތެޅިގެންފަ އަވަހާ ލިޔެލަނީ.. ދެން އައް އޮތް އަތުބާރު ގެއްލެން ފަށައިފި.. ހީވަނީ ރައްރަށު މަގުމަތީ ޖޯލިފަތީގަ ދުރުމި އަޅައިގެން މިތިބޭ ދައިތަމެނާ ހަބަރު ލިޔަން ހަވާލު ކޮއްފަހެން