ޚަބަރު

ރައީސް ނަޝީދުގެ ހަތަރުވަނަ ސާޖަރީ ވެސް ނިމިއްޖެ، ދެން އޮތީ ރަނގަޅު ވުމަށް އޮތް ދިގު ރާސްތާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސް ނަޝީދުގެ ހަތަރު ވަނަ އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށާއި، ދެން އޮތީ ރަނގަޅު ވުމަށް އޮތް ދިގު ރާސްތާ ކަމަށް ރައީސް ނަޝީދުގެ ކޮއްކޮ އުސްތާޛު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދުގެ ކޮއްކޮ، އުސްތާޛު ނާޒިމް ސައްތާރު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ބޮލާއި މޭގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިސްކަންދަރު ކޮށީގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ފުލުހުން ވިދާޅުވީި، މި މައްސަަލަ ތަހުގީގު ކުރުމަށް ޓަކައި ތަހުގީގަށް ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މި ސާވިސްގައި ލިބެން ހުރި ހުރިހާ ވަސީލަތެއް މިހާރު ބޭނުން ކުރާ ކަމަށާއި، އޭގެ ތެރެއިން މި ތަހުގީގަށް އޮސްޓްރޭލިއާ ފެޑެރަލްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅެއް މާދަމާގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަމެއް ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

  1. ދިވެއްސެއް

    ވަހީއްދީން ވެސް އުޅުނު ގާފުރޮޅަން އޮށްގާކޮޅު އެކަނި ހޮވައިލެވުނީ ގާބޮޑެތިވާން ފެށުމުން ހިލަމެއްވެސް ފަހަކުން ނުވި