ޚަބަރު

ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް އޮންލައިން ކްލާހަށް ބަދަލު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް އޮންލައިން ކްލާހަށް ބަދަލު ކޮށްފިއެވެ.

Ads by Sosun Fihaara

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ 1 މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ) ގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގަވާ ކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ވެސް 703 މީހުން ރާއްޖެއިން މިބައްޔަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއިން މިހާތަނަށް 33،368 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!