ޒަކަރިއްޔާގެ ސުވާލު ރައްޔިތުންނަށް: ބޮން ހަދައި ގޮއްވައިލިއިރު ރައްޔިތުންނަށް ހަމަ ހިލަމެއް ވެސް ނުވޭތޯ؟
ހުކުރު ވިލޭރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ތެރެއިން ބަޔަކަށް ހިލަމެއް ނުވޭތޯ ވިދާޅުވެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު އުފައްދަވައިފިއެވެ.
ރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަންސޫރު ވިދާޅުވީ، ހަމަލާއާ ގުޅިގެން އެކަކު އަނެކަކަށް ބްލޭމް ކުރުމުގެ ފައިދާއެއް ނެތް ކަމަށެވެ. އަދި އައިއީޑީ ޑިވައިސެއް ހަދައި އެ ޑިވައިސް ތަނެއްގައި ބައިންދާ މިހުރިހާ ކަމެއް ކުރިއިރު ރައްޔިތުންނަށް ހިލަމެއް ނުވޭތޯ ޒަކަރިއްޔާ މަންސޫރު ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑު ހިތަށް އަރާ މިފަދަ ޑިވައިސެއް ހަދާ، އައިއީޑީއެއް ހަދާ، ތަނެއްގައި ބައިންދާ މިހުރިހާ ކަމެއް ކުރިއިރު ހަމަ އެއްވެސް އާއްމު ރައްޔިތަކަށް ނުވަތަ ބޭފުޅަކަށް ހިލަމެއް ނުވަތަ ހުވަމެއް ވެސް ނުވޭބާއޭ" ޒަކައްރިޔާ މަންސޫރު ވިދާޅުވިއެވެ.
މިމައްސަލައިގެ ތަޙްޤީޤް މިހާރު ކުރިޔަށްދާކަމަށް އިޝާރާތް ކުރައްވަމުން މަންސޫރު ވިދާޅުވީ، ކިރިޔާވެސް ޝައްކެތް ވެސް ވާ ގޮތަށް މީހެއްގެ ހަރަކާތެއް ހުއްޓަސް، ފުލުހުންނަށް ނުވަތަ ކައުންޓަރ ޓެރެރިޒަމްގެ ހޮޓްލައިންނަށް ގުޅުއްވަން ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ހަމަލާދިން ފަރާތްތައް ހިފާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެއްވައިފައެވެ.
"ނުފެނި ފިލައިގެން މާގިނަ ދުވަަހަކު ނުތިބެވޭނެ ކަންނޭނގޭ އެއްވެސް ބަޔަކަށް" ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
މިކަމުގެ އިންޓެލިޖެންސް މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަންސޫރު ވިދާޅުވީ އެފަދަ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށާއި ލިބުނު ނަމަ އެ ނުރައްކާތެރިކަމަށް އެއްވެސް ބަޔަކު ހުށަނާޅާނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމަލާގެ އިންޓެލިޖެންސް މަޢުލޫމާތު ފުލުހުން އަދި އެމްއެންޑީއެފަށް ނުލިބުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އެ މުއައްސަތާތަކަށް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންގެ ސުވާލު ޒަކަރިއްޔާއަށް: ބޮން ހަދާ ގޮއްވާލިއިރު، ދިފާއީ ބާރުތަކުގެ އިންޓެލިޖެންސަށް ހަމަ ހިލަމެއްވެސް ނުވޭތޯ؟
މިލިޓަރީގޮތުން ރާއްޖެއަށްވުރެ މާކުރިއަރާފައިވާ ގައުމު ތަކުގެ އިންޓެލްއަށްވެސް މިޒާތުގެ އަމަލްތަލް ހިންގާއިރު ނޭންގި ދެއެވެ. ވީމާ، އިންޓެލިޖެންސް ފެއިލްވީއޭ ކިޔާކަށް ނުޖެހެއެވެ.
ރެއްޔެތުންގެސުވާލު؟ ރައްޔެތުމީހާގޭގަބަހައްޓާފަ އަތާފަޔާ
ދޮއްނާށޭބުނުމުން ރައްޔެތުމީހުން ތިބީގޭގަ ރައްޔެތުންނާ
ހަވާލުކޮއްބަލަތިމަންނަމެންނަ ކައްމިކަމެއްނުވާނެޔޭ ކިޔާފަ
ރައްޔެތުގެބޮލައް ކަނޑާލާނެކަމެއްނެތް؟ ޔުނީފޯމު އަދިބޮނޑުމުސާރަދީފަ ތިތިބީ މިކަހަލަނުރައްކާތެރި ހަމަލާ
ތަކުންގައުމުސަލާމަތްކުރަންނޫންތޯ؟
ދިވެހި ރައްޔިތުން ޒަކަރިއްޔާ އަށް: ރައްޔިތުންގެ ބައިތުލްމާލުން މަސް ނިމޭއިރު ގޮސް މުސާރަ ނެގުމަށްފަހުރައްޔިތުންނަށް ހިލަމެއް ނުވަނީ ކީއްވެތޯ!؟
ރެއްޔެތުންގެސުވާލު؟ ރައްޔެތުމީހާގޭގަބަހައްޓާފަ އަތާފަޔާ
ދޮއްނާށޭބުނުމުން ރައްޔެތުމީހުން ތިބީގޭގަ ރައްޔެތުންނާ
ހަވާލުކޮއްބަލަތިމަންނަމެންނަ ކައްމިކަމެއްނުވާނެޔޭ ކިޔާފަ
ރައްޔެތުގެބޮލައް ކަނޑާލާނެކަމެއްނެތް؟ ޔުނީފޯމު އަދިބޮނޑުމުސާރަދީފަ ތިތިބީ މިކަހަލަނުރައްކާތެރި ހަމަލާ
ތަކުންގައުމުސަލާމަތްކުރަންނޫންތޯ؟
ގުޅީފަޅު އިންޑިއާ ސަރުކާރަށް30އަހަރަށް ދޭން އެގްރިމެންޓްގަ
ސޮއިކުރިއިރު ޒަކަރިއްޔާ މަންސޫރަށް އެގިލެއްވިތޯ.
ކުޑަކޮށްވެސް ލަދެއްނުގަތްތަ ތި ސުވާލު ކުރަން؟
ކަލޭމެންގެ ޒިންމާއަކީ ކޮބާކަންވެސް އަހަރުމެނަށް އޮޅިއްޖެ. މުސާރަ ދެނީ ކޮން މަސައްކަތެއްގެ އުޖޫރައަކަށްތޯވެސް ބަލަން ޖެހިއްޖެ.
ތީދެން ބޮޑުވަރު.
ތިކަން ބަލަން ރައްޔިތުންގެ ޓެކްސް ފައިސާއިން ކައިގެން ތިބިމީހުން ރައްޔިތުންނާއި ތިސުވާލު ކުރީމް ދޭން ޖެހޭ ޖަވާބަކީ އަވަހައް އިސްތިއުފާ ދީފަ ދާށޭ
މިކަހަލަ ކަންކަން ކުރާމީހުން އިއުލާނު ކޮށްފަ އެއްނޫން ބޮން ހަދާ ގޮއްވަނީ ކޮމެހެން ރައްޔިތުން ގޯސް ކުރަން އުޅޭނެކަމެއް ނެއް ރާއްޖޭގަ ގައުމީ ދިފާއީ ބާރެއް އޮންނަނީ ރައްޔިތުން ރައްކާތެރިކަމާ ސަލާމަތައް ރައްޔިތުން ގޯސް ކުރާކަށެއް ނޫން