ދެން ރެސިޕީ | ޕިސްޓާޝިއޯ މިލްކް ކޭކް
ބޭނުންވާ ތަކެތި:
125 ގ. ޕިސްޓާޝިއޯ ނަޓްސް
3 ބިސް
50 ގ. ބަޓަރު (ދިޔާކޮށްފައި)
¼ ޖޯޑު ތެޔޮ
¼ ޖޯޑު ހަކުރު
1 ސައި ސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ފުށް
¼ ޖޯޑު ކޯން ފުލާރ
1 ސައި ސަމުސާ ބޭކިން ޕައުޑަރ
¼ ސައި ސަމުސާ ލޮނު
1 ދަޅު އެވަޕަރޭޓެޑް މިލްކު
1 ދަޅު ގެރިކިރު
¼ ޖޯޑު ދިޔާ ކިރު
ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި ފިސްޓާޝިއޯ ނަޓްސްކޮޅު ފިހެލާށެވެ. އެއަށް ފަހު މި ބަދަންކޮޅު މިކްސަރަކަށް އަޅައި ފުޑުކޮށްލާށެވެ. ފުޑުކުރި ބަދަންތަކުގެ 3 މޭޒުމަތީ ސަމްސާ ވަކިން ނެގުމަށް ފަހު އެއް ފަރާތެއްގައި ބަހައްޓާށެވެ.
ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކޮށްލާށެވެ. މީގެ ހުދު ބައި ތަށްޓަކަށް އެޅުމަށް ފަހު، ކުޑަ ލޮނުކޮޅެއް އަޅައި ވިޕްކޮށްލާށެވެ. އިތުރު ތައްޓެއްގައި ބިހުގެ ގޮބޮޅި، ބަޓަރު، ތެޔޮ، އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ވެނީލާ އެސެންސްކޮޅު އަޅައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ.
މީގެ ތެރެއަށް ފުށް، ކޯންފުލާރ، ބޭކިން ޕައުޑަރ އަދި ކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ކުރިން ފުޑުކުރި ބަދަކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. (މިއީ ވަކިން ނަގައިފައި ބެހެއްޓި ބަދަންކޮޅެއް ނޫނެވެ)
އަވަން 180 ޑިގްރީ ސެލްސިއަށް ހޫނުކުރަން ޖައްސާށެވެ. އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށް ފަހު މި މިކްސް އަޅައި 30 ނުވަތަ 40 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ. ކޭކު ފިހެވުނުތޯ ބަލަން ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށް ފަހު، އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ.
ކޭކަށް އަޅާ ކިރުކޮޅު ތައްޔާރުކުރުމަށް، ތަށްޓެއްގައި އެވަޕަރޭޓެޑް މިލްކު، ގެރިކިރު ދިޔާ ކިރު އަދި ކުރިން ވަކިކޮށްފައި ބެހެއްޓި ތިން ސަމްސާ ބަދަންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
އަވަންގައި ފިހުނު ކޭކު ހިހޫވުމުން، އުލެއް ބޭނުންކޮށްގެން މުޅި ކޭކުގައި ލޯވަޅު އަޅާލާށެވެ. އަދި ދެންމެ ތައްޔާރުކުރި ކިރުކޮޅު ކޭކުގެ މައްޗަށް އޮއްސާލާށެވެ. ފިނިކުރުމަށް ފުރިޖުގައި ދެ ގަޑިއިރު ކޭކު ބަހައްޓާލަންވާނެއެވެ