ރެސިޕީ

ދެން ރެސިޕީ | ބްރެޑް ޕައި

ރައުފާ ރަޝީދު

ބޭނުންވާ ތަކެތި:

6 ފޮތި ޕާން

2 ދަޅު މަސް

2 ޓޮމާޓޯ (ފޮތިކޮށް ކޮށާފައި)

4 ބިސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 މިރުސް (ކުދިކޮށް ކޮށާފައި)

ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

ޗީޒް ސްލައިސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ފޮތިތައް ރޮށިދަމާ އެތިން ދަމާލުމަށް ފަހު ތަވައެއްގައި ފަތުރާލާށެވެ. ދެން ކޮންޓެއިނަރެއްގައި ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު، އަސޭމިރުސް އަދި މަސްކޮޅު އެއްކޮށް މޮޑުމަށް ފަހު ފާންފޮތިމަތީގައި ފަތުރާލާށެވެ.

ދެން ޕާންފޮތިތަކުގެ މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލުމަށްފަހު އޭގެ މައްޗަށް ބިސްތައް ގިރާލާފައި އަޅާލާށެވެ. އަނެއްކާވެސް މަސް ފަށަލައެއް، ޓޮމާޓޯ ފަށަލައެއް ހަދާލުމަށްފަހު ބާކީހުރި ޕާންފޮތިތައް ކުޑަކޮށް ކިއުބް ގޮތަށް ހިމުން ކުރުމަށް ފަހު މި މަސްގަނޑުމަތީގައި އަތުރާލާށެވެ. އޭގެ މައްޗަށް ޗީޒް އަޅާލާށެވެ.

އެއަށްފަހު ތަވާފައި މި ތައްޔާރުކުރި ޕައިގެ ދެފުށް ފިހެލާށެވެ. ބޭނުމިއްޔާ އަވަނަށް ވެސް ލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!