Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެ ސަރަޙައްދުގެ 80% ކޮވިޑް ފެސިލިޓީތައް ފުރި، އެޗްޕީއޭއިން އިންޒާރު ދީފި

މާލެ ސަރަޙައްދުގެ 80% ކޮވިޑް ފެސިލިޓީތައް ފުރި، އެޗްޕީއޭއިން އިންޒާރު ދީފި

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، މާލެ ސަރަޙައްދުގެ 80% ފެސިލިޓީތައް ފުރިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އެންގި އެންގުމެއްގައި ވިދާޅުވެފައި ވަނީ ކޮވިޑަށް ފައްސިވަމުން މި އަންނަ އާ ރާޅާއެކު މާލެ ސަރަޙައްދުގައި މި ބައްޔަށް ފަރުވައިދޭ 80% ފެސިލިޓީތައް މިހާރު ވެސް ފުރިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބަލިމީހުން އެޑްމިޓު ކުރަން ޖެހިދާނެ ކަމަށް ވެސް ބެލެވޭ" އެޗްޕީއޭއިން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 އެބަފެތުރެއެވެ. އެގޮތުން މިއަދު ވެސް 1،091 މީހުން ފައްސި ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 791 މީހުންނަކީ މިއަދު ފައްސި ވީ މީހުން ކަމަށާއި 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނަގައި ނަތީޖާ ލިބުނު ފަރާތްތަކެއް ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް