ވިޔަފާރި

އުރީދޫގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯއްދެވުމަށް އެ ކުންފުނިން އެދިލައްވައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޯވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރ ކެއަރ ޚިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމަށް އުރީދޫ މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަން އެކުންފުނިން ވަނީ ވިދާޅުވެފައެވެ. އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އެތައް ޚިދުމަތްތަކެއް ލިބޭނެ ކަމަށް އުރީދޫއިން ފާހަގަ ކުރެއެވެ.

އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތަކުގެ ތެރޭގައި:
• ޕްރިޕެއިޑް ރިޗާޖްކުރުން
• އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
• އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
• އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
• 24 ކަސްޓަމަރ ސަރވިސްގެ ޙިދުމަތް ލިބުން
• ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ވެސް ޙިދުމަތްތައް ލިބޭނެ ކަމަށް އުރީދޫއިން ވިދާޅުވިއެވެ. އެގޮތުން:

• ބިލްތައް ދެއްކުން
• ރީޗާޖް ކުރުން
• އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން\

އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ގާއިމް ކުރެވިފައިވެއެވެ. އޭގެ ތެރެއިން
1. އުރީދޫ ޑިޖިޓަލް ސެންޓަރ
ބޮޑުތަކުރުފާނު މަގު
މާލެ،
2. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
5-6 ނިރޮޅު މަގު
ހުޅުމާލެ.
3. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ފެންފުވައް މަގު، މަދަދު
ޏ. ފުވައްމުލައް
4. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
އަމީނީ މަގު
ހދ. ކުޅުދުފުށި
5. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ލިނކް ރޯޑް، ރީޖަނަލް ހޮސްޕިޓަލް ކުރިމަތި
ލ. ގަން
6. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ޝަމްސުއްދީން ބޮޑުފަޑިވާރު، ތަކުރުފާނު މަގު
ސ. ހިތަދޫ
7. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ރަންނަބަނޑޭރި މަގު
ގދ. ތިނަދޫ
އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެންނެތް ޙިދުމަތަކަށް އެދިލެއްވުމަށް [email protected] އަށް މެއިލްކޮށްލުމަށް އުރީދޫން ވަނީ އެދިފައެވެ.

Ads by HDC
  1. ޡިޔަަ

    މި ދަންޑިވަޅުގަ އޫރެދޫ ސްޕަނެޓް ކަސްޓަމަރުން ގެ ބިލް ވަނީ 11ދުވަހައް ކުޑަކޮއްފަ އެވެސް ކަސްޓަމަރުން ނައް ދިން ހަދިޔާއެއް