ޚަބަރު

ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ބިހުރޯޒު މިސްކިތް ބަލައި ފާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ، ބިހުރޯޒު މިސްކިތް ބަލައި ފާސްކޮށްފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއަރކޮށްފައި ވާކަމަށެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުންނާއި ސިފައިން ވެސް އަދި ދެއްވައިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ 00:00 ހާއިރު ހަތިޔާރާއެކު ސިފައިން ވަނީ ރަށްދެބައި މަގު ބަންދުކޮށް އޮޕަރޭޝަނެއް ފަށައިފައެވެ. ސިފައިން އެ މަގުގެ އެކި ތަންތަން ބަލައި ފާސް ކޮށްފައިވާ ކަމަށް މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ހާމަވެއެވެ.

Ads by HDC
  1. ޕޮފް

    ފެނިގެއްލިދާ އެއްޗެއް.
    މީދާތަ
    ކުރއްޕރެއްތަ
    މިސްކިތައް ހަތިޔާރާ އެކު ވަނުމަކީ ރަގަޅުކަމެއްތަ.